ޚަބަރު

ބިން ބޮޑުކުރުމަށް ސަރުކާރުން ބޮޑު އަހަމިއްޔަތެއް ދެއްވާ


ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރައްޖޭގެ އެކި ސަރަޙައްދުތަކުގައި
ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ދިރިއުޅުން ފަހިވެގެންދިޔަ ތަރައްޤީގެ
ގިނަ މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.





އެ ގޮތުން ސަރުކާރުން އިސްކަމެއްދެއްވާގެން މިހާރު ކުރިއަށްގެންދަވާ ބޮޑެތި
މަޝްރޫޢުތަކުގެ ތެރެއިން، ބިންބޮޑުކުރުމުގެ މަޝްރޫއަކީ ބިމުގެ ދަތިކަން
ކުރިމަތިވެފައިވާ ރަށްތަކަށް މިކަމަށް ހަލެއް ހޯދަވައިދެއްވުމަށްޓަކައި ސަރުކާރުން
ބޮޑު އަހަމިއްޔަތެއް ކަމެއް ދެއްވައިގެން ކުރިއަށްގެންދާ އެއް މަޝްރޫޢުއެވެ.
ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން
ކުރިއަށްގެންދާ މިމަޝްރޫޢުގައި ހަތަރު ރަށެއްގެ ބިން ހިއްކާ މިހާރު ވަނީ ނިންމާފައެވެ.
 މި މަސައްކަތް ނިމިފައިވާ ރަށްތަކުގެ ތެރޭގައި ކުޑަހުވަދޫ، ތުލުސްދޫ، މީދޫ،
އޭދަފުށި ހިމެނޭ. މީދޫގައި 20 ހެކްޓަރުގެ ބިމެއް ހިއްކާފައިވާއިރު ކުޑަހުވަދޫގައި
ވަނީ 40 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. މީގެ އިތުރުން ތުލުސްދޫގައި 33
ހެކްޓަރުގެ ހިއްކާފައިވާއިރު، އެދަފުށީގައި ވަނީ 26 ހެކްޓަރުގެ ބިން ހިއްކާފައެވެ. ސަރުކާރުން އުމްރާނީ ތަރައްޤީއަށް ބޮޑު އިސްކަމެއްދެއްވާފައި ވާއިރު، ބިން
ހިއްކުމަށްފަހު ބިން ހިމާޔާތް ކުރުމުގެ މަސައްކަތްކޮށްފައިވާ ރަށްތަކަކީ ހއ ދިއްދޫ
ދ. މީދޫ ބ. އޭދަފުށްޓެވެ.އަންނަށް އަހަރަކީ ތަރައްޤީގެ އުސް
ކުންނުތަކަށް ރާއްޖެ ގެންގޮސްދޭނެ ބިޔަ މަޝްރޫޢުތަކެއް ރޭވިފައިވާ އަހަރަކަށް
ވާއިރު މިހާރުވެސްރު ހަތް ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާކަން
ފާހަގަކޮށްލެއްވެއެވެ. މިހާރު މިމަސައްކަތް ކުރިއަށްގެންދާ ރަށްތަކަކީ ށ ކޮމަންޑޫ
ތ އަތޮޅުގެ ގުރައިދޫ މަޑިފުށިމ މުލި ކ ހިންމަފުށި ގދ ތިނަދޫ އައްޑު ސިޓީ ފޭދޫއެވެ.ބިން ހިމާޔާތްކުރުމުގެ މަސައްކަތް
މިހާރު ކުރިއަށްދާ ރަށްތަކަށް ބަލާލާއިރު ، ކ. ތުލުސްދޫ ،ބ. އޭދަފުށި، ދ. ކުޑަހުވަދޫ އަދި ށ.
ކޮމަންޑޫ ހިމެނެއެވެ. މީގެ އިތުރުން އިތުރު ތިން ރަށެއްގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކުންފުނިތަކާ
ހަވާލުކުރެވިފައިވާ ކަމަށްވެސް ސާރުކާރުން ހާމަކުރައްވައެވެ.  އެގޮތުން މިހާރު ކުރިއަށް ގެންދިއުމަށް
ސޮއިކުރެވިފައިވާ ރަށްތަކަކީ އައްޑު ސިޓީ ފެދޫ ގދ ތިނަދޫ ކ ހިންމަފުށްޓެވެ. ރައީސް ޔާމީން ބިން އިތުރުކުރުމުގެ
މަސައްކަތަށް އިސްކަމެއް ދެއްވާއިރު، އަންނައަހަރަށްވެސް ބިންބޮޑުކުރުމުގެ ގިނަ
މަޝްރޫޢުތަކެއް ރާއްވަފައިވާކަމަށް ސާރުކާރުން މައުލޫމާތުދެއްވައެވެ.