ސިއްހަތު

ކުޅުދުއްފުށި މެޓާނިޓީ ހޯމުން މާބަނޑު އެންމެނަށް ޖާގަ ލިބެނޭ


ހދ ކުޅުދުއްފުށީ
ރިޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން އަންނަ މާބަނޑުމީހުންނަށް ޚާއްޞަކޮށް ޤާއިމުކޮށްފައިވާ
މެޓާނިޓީ ހޯމްގައި ތިބުމުގެ ފުރުޞަތު އެހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން އަންނަ
ކޮންމެ މާބަނޑުމީހަކަށްވެސް އޮންނާނެކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ

ކުޅުދުއްފުށްޓަކީ
އުތުރުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށްކަމުން އެހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް
ކޮންމެ ދުވަހަކުވެސް ކައިރި ރަށްރަށުންވެސް އެތައްބަޔަކު ޒިޔާރަތްކުރަމުންދެއެވެ.
މިގޮތަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން އެންމެގިނައިން ހޮސްޕިޓަލުން
ޚިދުމަތްހޯދުމަށް އެރަށުގައި މަޑުކުރަންޖެހޭ ބަޔަކީ މާބަނޑު މީހުންކަމަށްވާއިރު
އެފަދަ މީހުންނަށް މަޑުކުރެވޭފަދަ ތަނެއް ނުވަތަ މެޓާނިޓީ ހޯމެއް ހޮސްޕިޓަލާއި އިންވެގެން ހެދުމަށްފަހު، އެތަނުގެ ޚިދުމަތްދޭން ވަނީ ފަށާފައެވެ.

އިޓަލީގެ
ކުންފުންޏެއް ކަމަށްވާ ކަލިޓާސް އިޓަލިޔާނާގެ ހިލޭ އެހީގެ ދަށުން ބިނާކޮށްފައިވާ
މިތަނަކީ ޑޮކްޓަރަށް ދައްކަން އައިސް މަޑުކުރަންޖެހޭ މާބަނޑު މީހުންނަށް
ހޮސްޕިޓަލާއި ކައިރީގައި ތިބެވޭނެތަނެއްގެ އިތުރުން، އެންމެ ޒަމާނީ ވަޞީލަތްތަކާއެކު،
ސެކިއުރިޓީފަދަ ޚިދުމަތްތައްވެސް ޤާއިމުކުރެވިފައިވާ ތަނެއްކަމަށް ހޮސްޕިޓަލުގެ
ފަރާތުން މައުލޫމާތުދެއެވެ.

ކުއްޔަށްދޫކުރާ
މިތަނުގައި 13 ކޮޓަރި ހިމެނޭއިރު މީގެއިން ކޮންމެ ކޮޓަރިއެއްގައި  މާބަނޑުމީހާގެ އިތުރުން، ދެ އެހީތެރިއަކާ ހަތަރު އަހަރުން ދަށުގެ
ކުއްޖަކާއެކު ޖުމްލަ ހަތަރު މީހަކަށް ތިބެވޭނެކަމަށް ހޮސްޕިޓަލުން
މައުލޫމާތުދެއެވެ. ޒަމާނީ ގިނަ ވަޞީލަތްތަކެއްވެސް ޤާއިމުކުރެވިފައިވާ މިތަނަކީ
ޑޮކްޓަރަށް ދައްކަންއައިސް މަޑުކުރަންޖެހޭ މާބަނޑުމީހުންނަށް އިތުރު
ލުއިފަސޭހަކަމަކާ ހިތްހަމަޖެހުމެއް ގެނެސްދޭނެ ތަނެއްކަމަށް ރީޖަނަލް
ހޮސްޕިޓަލުންދެކެއެވެ.