ޚަބަރު

އާޖެންޓީނާގެ އާ ރައީސަށް، ރައީސް ޔާމިން ތަހުނިޔާ ވިދާޅުވެއްޖެ


އާޖެންޓީނާގެ ރައީސްކަމަށް އަލަށް ‏‏އިންތިޚާބުވެވަޑައިގެންނެވި މައުރީސިއޯ
މަކްރީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏ތަހުނިޔާ ވިދާޅުވެއްޖެއެވެ‏‎.‎



ރައީސުލްޖުމްހޫރިއްޔާގެ
މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ‏‏‏އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި،
މައުރީސިއޯ މަކްރީއަށް ‏ތަހުނިޔާ ވިދާޅުވެފައިވެއެވެ.‏ އަދި މައުރީސިއޯ މަކްރީގެ ‏ޒަޢާމަތުގައި، އާޖެންޓީނާއަށް ‏‏އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެކަން ޔަޤީން ކުރައްވާ ‏‏ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ‏‎.‎‏ 

މީގެ އިތުރުން، ދިވެހިރާއްޖެއާއި އާޖެންޓީނާއާާ ‏ދެ ޤައުމުގެ ދެމެދުގައި ‏‏އޮތް ރަޙުމަތްތެރި ގުޅުން ކުރިއަށް
އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދުކުރައްވާ
ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.



 



 



***********