ވިޔަފާރި

ބީއެމްއެލްގެ ކާޑު ލިމިޓަށް މާދަމާ ބަދަލު އަންނާނެ!


ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ ކާޑުން މުޢާމަލާތް ކުރުމަށް އޮތް ލިމިޓަށް ބަދަލު ގެންނަން ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.

ބީއެމްއެލްއިން މިކަން ހާމަކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ 38 ވަނަ އާންމު އަހަރީ ޖަލްސާގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރއެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ މިކަން ހާމަކޮށްފައި ވީ ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ. ސީއީއޯ ވިދާޅުވީ މި ބަދަލު އަންނަ ހޮނިހިރު ދުވަހު ހާމަކުރާނެ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރަށް ނޭދެވޭ އަސަރުކޮށްފައި ވުމާއެކު ބޭންކް އޮފް މޯލްޑިވްސްއިން މިދިޔަ އަހަރު ސެޕްޓެމްބަރުމަހު، ބޭންކުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދަށް ވަނީ ބަދަލު ގެނެސްފައެވެ.

މިހާރު ބެންކުގެ ކްރެޑޓް އަދި ޑެބިޓް ކާޑަށް ކަނޑައެޅިފައިވާ ލިމިޓަކީ މަހަކަށް 250 ޑޮލަރުގެ ލިމިޓެކެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައެޅިފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވެއެވެ. ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ކޮންމެ ކާޑަކަށް މަހަކު 750 ޑޮލަރުގެ ލިމިޓު ވަނީ ކަނޑައެޅިފައެވެ. މީގެ އިތުރުން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ކާޑުން ފައިސާ ދެއްކުމަށް ބީއެމްއެލްއިން ދަނީ އެހީތެރިވަމުންނެވެ.