ދުނިޔެ

ވިލާތުގެ އިއްތިޙާދާއި ތުރުކީވިލާތުން އެއްބަސްވުމަކަށް


ތުރުކީވިލާތުގެ ތެރެއިންލާފައި ވިލާތުގެ ޤައުމުތަކަށް ދަތުކުރާ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ތުރުކީވިލާތާއި ވިލާތުގެ އިއްތިޙާދާއެކު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރާ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ފައިސާއާ، ވިސާ އެއްބަސްވުންތަކުގެ އިތުރުން ވިލާތުގެ އިއްތިޙާދުގައި ބައިވެރިވުމަށް ފުރުޞަތު ތުރުކީވިލާތަށް ދިނުމުގެ ވާހަކަތައްއަލުން ފަށައިގެން ކުރިޔަށްގެންދިއުމަށް މިއެއްބަސްވުމުގައި ކަނޑައަޅާފައިވެއެވެ.ބެލްޖިއަމްގެ ވެރިރަށް ބްރަސްލްސްގައި، ކުރިޔަށްގެންދިޔަ މަޝްވަރާތަކުގައި އެކުލަވާލި މި އެއްބަސްވުމުގެ ދަށުން ވިލާތުގެ އިއްތިޙާދުން ހުށައަޅާފައިވާ ފައިސާއަކީ ވަކި ގޮތަކަށް ޚަރަދުކުރަންޖެހޭ ފައިސާއެއް ކަމަށް އެޖަމާޢަތުން ބުނެއެވެ. މިގޮތުން މިއެއްބަސްވުމުގެ ދަށުން ވިލާތުގެ އިއްތިޙާދުން ދޭ ތިން ބިލިއަން ޔޫރޯގެ އެހީއަކީ ތުރުކީވިލާތުގައި މިހާރު ތިބި ސޫރިޔާގެ ދޭއް ޕޮއިންޓް ދޭއް މިލިއަން ރެފިއުޖީންނަށް ޚަރަދުކުރުމަށް ދެވޭ ފައިސާ ކަމަށް އެ އިއްތިޙާދުން ހާމަކުރެއެވެ.