މިއަންނަ އަހަރުގެ ފެބްރުއަރީގައި ފެށުމަށް
ހަމަޖެހިފައިވާ ސައުތް އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ ބާސްކެޓް ބޯލް ސްކޮޑް
އިޢުލާންކޮށްފިއެވެ. މިވަގުތު އެކުލަވާލައިފައިވާ ސްކޮޑްގައި ހިމެނެނީ 20 ކުޅުންތެރިންނެވެ. 
 
ގައުމީ ބާސްކެޓް ބޯލް ޓީމަށް ކުޅުންތެރިން ހޮވުމަށްޓަކައި މީގެ
ކުރިންވަނީ އެކްޒިބިޝަން މުބާރާތެއްވެސް ބާއްވާފައެވެ. މިގޮތުން އެކުލަވާލައިވާ 20
ކުޅުންތެރިންގެ ސްކޮޑްގައި ހިމެނެނީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބްގެ 5
ކުޅުންތެރިން، ހަރިކޭން ބާސްކެޓް ބޯލް ކުލަބްގެ 3 ކުޅުންތެރިން، ރެޑްލައިން
ކުލަބްގެ 5 ކުޅުންތެރިން، ދިވެހި ސިފައިންގެ ކުލަބްގެ 3 ކުޅުންތެރިން އަދި
ޔުނައިޓަޑް ނެޓްވޯކް އޮފް ފްރެންޑްސްގެ 3 ކުޅުންތެރިންގެ އިތުރުން ސްޓްރިންގާސް
ބާސްކެޓް ބޯލް ކުލަބްގެ 1 ކުޅުންތެރިއެކެވެ. 
 
ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ
ގޮތުން މިއަންނަ ޖެނުއަރީ މަހުގައި ޓްރެއިނިން ކޭމްޕްއެއް ދިއުމަށް
ހަމަޖެހިފައިވާކަމަށާ، އަދި މިކޭމްޕްއަށް ދިއުމުގެ ކުރިން މިސްކޮޑް 15
ކުޅުންތެރިންނަށް ތިރި ކުރާނެކަމަށްވެސް މޯލްޑިވްސް ބާސްކެޓް ބޯލް
އެސޯސިއޭޝަންއިން މަޢުލުމާތުދެއެވެ. އަދި ކޭމްޕް ނިމުމުން 12 ކުޅުންތެރިންނަށް
ސްކޮޑް ތިރިކޮށް، މިއަންނަ އަހަރުގެ ފެބްރުއަރީގައި އިންޑިޔާގައި ބޭއްވުމަށް
ހަމަޖެހިފައިވާ ސައުތް އޭޝިއަން ގޭމްސްއަށް ދާ 12 ކުޅުންތެރިން
އެކުލަވާލާނެކަމަށްވެސް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންއިން މަޢުލުމާތުދެއެވެ. 
 
މިވަގުތު އެކުލަވާލާފައިވާ ގައުމީ ބާސްކެޓް ބޯލް ސްކޮޑްގް 20 ކުޅުންތެރިން:
 
ޓީރެކްސް ބާސްކެޓް ބޯލް ކުލަބް:
 
1 އަހުމަދު ޒަބީރު،
 
2 އިބްރާހީމް ރަޝްވާން
 
3 ޒަކަރިއްކާ އަބްދުލް ލަތީފް
 
4 އިސްމާޢީލް ވިލްދާން
 
5 އިލްޔާސް އިބްރާހީމް
 
ހަރިކޭން ބާސްކެޓް ބޯލް ކުލަބް
 
6 އަހުމަދު އިފްޝާޙް
 
7 އަބްދުﷲ އަފްލާޙް ޝަރީފް
 
8 އަހުމަދު އަދުހަމް
 
ރެޑްލައިން ކުލަބް
 
9  މުހައްމަދު ޒިލާލް
 
10 އަހުމަދު ފިރާޝް
 
11 ހުސެއިން ހަލީމް
 
12 އަހުމަދު އަފްޝަން ރަޝާދު
 
13 އަލީ ފަޒްލީ 
 
ދިވެހި ސިފައިންގެ ކުލަބް 
 
14 އަހުމަދު ނަސީރު
 
15 ހުސެއިން ޝިނާން
 
16 ހަސީން މުހައްމަދު 
 
ޔުނައިޓަޑް ނެޓްވޯކް އޮފް ފްރެންޑްސް
 
17 އަބްދުﷲ އަމްޒަރު
 
18 އިބްރާހީމް ނަސީމް
 
19 ހަސަން ޝަހުނޫން
 
ސްޓްރިންގާސް ބާސްކެޓް ބޯލް ކުލަބް
 
20 ރިފްޝާން ރަޝާދު