ކުޅިވަރު

ހެލްތް މިނިސްޓްރީއިން އެއްބާރުލުން ނުލިބިގެން ގައުމީ ޓީމްތަކަށް ފަރިތަކުރުންތަށް ނުފެށިފަ


ހެލްތް މިނިސްޓްރީއިން ޖަވާބެއް ނުލިބިގެން ގައުމީ ޓީމްތަކަށް ފަރިތަކުރުންތައް ކުރިއަށް ނުގެންދެވިގެން އެފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ގައުމީ ޓީމްތަކުގެ ބައެއް ޓީމްތަކުން ފަރިތަކުރުންތައް ކުރިއަށް މާލޭ ޔޫތު ސެންޓަރުގައެވެ. މިގޮތުން މިހާރު ޔޫތް ސެންޓަރު ބޭނުން ކުރަމުންދަނީ ވޮލީ، ބާސްކެޓް އަދި ނެޓްބޯޅައިންނެވެ. ރާއްޖޭގައި ކޯވިޑް-19 ފަތުރުމާއި ގުޅިގެން ހެލްތް މިނިސްޓްރީއިން ޔޫތް ސެންޓަރު ބޭނުން ކުރަމުން ގޮސްފައިވަނީ ކޯވިޑް-19އަށް ވެކްސިން ޖެހުމާއި ކޯވިޑް-19ގެ ޓެސްޓް ހެދުމަށެވެ. ޔޫތު ސެންޓަރު ހެލްޓް މިނިސްޓްރީއިން ބޭނުން ކުރަމުން އައިސްފައިވަނީ މިއަހަރުގެ ފެބްރުއަކީ މަހުން ފެށިގެންނެވެ.

ބައެއް އިންޓަރނޭޝަނަލް މުބާރާތްތައް މިއަހަރު އޮތުމާއި ގުޅިގެން ބައެއް ޓީމްތަކަށް ފަރިތަކުރުންތައް ކުރިއަށްގެންދެވޭ ގޮތްވަނީ ނުވެފައެވެ. ވޮލީ އާއި ބާސްކެޓްގެ ބައިނަލަގްވާމީ މުބާރާތްތައް މިއަހަރު ކުރިއަށް އެބައޮތެވެ. އަދި ބައެއް އެސޯސިއޭޝަންތަކުން ވަނީ ގައުމީ ޓީމްތަކުގެ ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭތީ ޔޫތް މިނިސްޓްރީއާއިވެސް މަޝްވަރާކޮށްފައެވެ. ޔޫތް މިނިސްޓްރީން ވަނީ ވިހާވެސް އަވަހަކަށް ޒުވާނުންގެ މަރުކަޒު ހުސްކޮށްދިނުމަށް ހެތް މިނިސްޓްރީގައި އެދިފައެވެ. އަދި އެމިނިސްޓްރީން ވަނީ އެކިފަހަރުމަތިން ހެލްތް މިނިސްޓްރީގައި އެކަމަށް އެދި ރަސްމީކޮށް ލިއުމުންވެސް އެދިފައެވެ. މިއަދު ޔޫތް މިނިސްޓްރީން ބައެއް އެސޯސިޭޝަންތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ބައިނަލަގްވާމީ ގިނަ މުބާރާތްތަކެއް މިހާރު ތާވަލްކޮށްފައިވުމުން، އެމުބާރާތްތައް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށާއި އެސޯސިއޭޝަންތަކުން މުބާރާތްތައް ބޭއްވުމަށް އިންޑޯރހޯލް ހުސްކޮށްދެއްވުމަށް އެދިފައެވެ. ނަމަވެސް ހެލްތް މިނިސްޓްރީއިން މިހާތަނަށް ޔޫތް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއަށް ޖަވާބެއް ދީފައިނުވާކަމަށް ޔޫތް މިނިސްޓްރީއިން ބައެއް އެސޯސިއޭޝަންތަކަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުން، މިހާރު ތައްޔާރުވަމުން އަންނަނީ ސާބާ ޗެމްޕިއަންޝިޕަށެވެ. އިންޑޯގައި ކުޅެން ޖެހޭ އެ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމުން ޕްރެކްޓިސް ކުރަމުން ދަނީ އައުޓްޑޯ ކޯޓުގަ އެވެ. އިންޑޯ ކޯޓުގައި ކުޅޭ މުބާރާތަކަށް އައުޓްޑޯ ކޯޓުގައި ޕްރެކްޓިސް ކުރަން ޖެހުމާއި ގުޅިގެން ބައެއް ކުޅުންތެރިންނަށް މިހާރުވެސްވަނީ އަނިޔާވެފައެވެ. އެންމެ ބޮޑު މައްސަލައަކަށް ދިމާވެފައިވަނީ އައުޑްޓޯ ކޯޓުގެ ހަރު ކޮންކްރީޓް މަތީގައި ކުޅެން ޖެހުމުން ކުޅުންތެރިންނަށް ވަމުންދާ އަނިޔާއެވެ.

އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތް ރާއްޖޭގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ސެންޓްރަލް ޒޯން މުބާރާތުގައި އެންމެ ފަހުން ރިހި މެޑަލް ހޯދި އަންހެން ޓީމަށް، މި ފަހަރުގެ މުބާރާތަށް ޕްރެކްޓިސްތައް ފެށޭނެ ގޮތްވަނީ ނުވެފައެވެ.