މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ އަހަރީ އާއްމު ޖަލްސާ ބާއްވައި، ހިންގާ ބޯޑަށް މެމްބަރުން އައްޔަންކޮށްފިއެވެ.
78 މެމްބަރުން ބައިވެރިވި މަޓީގެ 31 ވަނަ އަހަރީ އާއްމު ޖަލްސާ ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ.
މި ޖަލްސާ ފެށުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކް)އެވެ. އަދި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރުވެސް ޖަލްސާގައި ވާހަކަފުޅުދެއްކެވިއެވެ.
މިޖަލްސާގައި ނިމިދިޔަ އަހަރު މަޓީ އިން ކުރެވުނު މަސައްކަތާއި ހިންގުނު ހަރަކާތްތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހެޅުމާއި 2020 ވަނަ އަހަރުގެ އަހަރީ ހިސާބާއި 2021 ވަނަ އަހަރުގެ ބަޖެޓު ފާސްކުރުން ކުރިއަށްދިޔައެވެ.
މަޓީގެ އަހަރީ އާއްމު ޖަލްސާގައި ހިންގާ ކުރިއަށް އޮތް އަހަރަށް މަޓީގެ ހިންގާ ބޯޑަށް މެންބަރުން އައްޔަން ކުރުން ކުރިއަށްދިޔައެވެ. ބޯޑުގެ ޗެއަރމަނަކަށް އައްޔަންކުރެއްވީ މިހާރުވެސް އެމަޤާމުގައި ހުންނެވީ މުހައްމަދު އުމަރު މަނިކުއެވެ. ވައިސް ޗެއާމަންއަކީ ޗަންޕާ ހުސެއިން އަފީފު އާއި ސަލާހު ޝިހާބުއެވެ. ސެކްރެޓަރީ ޖެނެރަލްއަކީ އަހުމަދު ނަޒީރުއެވެ. މި ބޭފުޅުންގެ އިތުރުން ބޯޑުގައި އެގްޒެކެޓިވް ބޯޑު މެންބަރުންގެ ގޮތުގައި 10 ބޭފުޅަކު ތިއްބަވައެވެ.
ޗެއާމަން: މުހައްމަދު އުމަރު މަނިކު
ވައިސް ޗެއާމަން: ހުސެއިން އަފީފު
ވައިސް ޗެއާމަން: ސޮލާހު ޝިހާބު
ސެކްޓަރީ ޖެނެރަލް: އަހުމަދު ނަޒީރު
ޑެޕިއުޓީ ސެކްޓަރީ ޖެނެރަލް: އައްސަދު އަލީ
ފައިނޭންޝަލް ކޮންޓްރޯލަރ: އަހުމަދު ހަފީޒު
އެގްޒެކެޓިވް ބޯޑު މެންބަރު: އަހުމަދު ސިޔާމް މުހައްމަދު
އެގްޒެކެޓިވް ބޯޑު މެންބަރު: އިބްރާހިމް ސިޔާދު ގާސިމް
އެގްޒެކެޓިވް ބޯޑު މެންބަރު: އިބްރާހިމް ނޫރައްދީން
އެގްޒެކެޓިވް ބޯޑު މެންބަރު: އިޔާޒް ވަހީދު
އެގްޒެކެޓިވް ބޯޑު މެންބަރު: އިބްރާހިމް ޝިޔާން ގާސިމް
އެގްޒެކެޓިވް ބޯޑު މެންބަރު: ވިޝާ މާހިރު
އެގްޒެކެޓިވް ބޯޑު މެންބަރު: ޒުހައިލާ މަނިކް
އެގްޒެކެޓިވް ބޯޑު މެންބަރު: އައިޝަތު ނީނާ އަހުމަދު
އެގްޒެކެޓިވް ބޯޑު މެންބަރު: ޒުލައިހާ މަނިކު
އެގްޒެކެޓިވް ބޯޑު މެންބަރު: ގޯޑަން އެންޑްރިއު ސްޓުއާޓް
މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަރސްޓްރީ، މަޓީއަކީ ރާއްޖޭގެ ރިސޯޓްތައް ތަމްސީލްކުރާ މައި ޖަމުއިއްޔާއެވެ. މި ޖަމިއްޔާގެ މެމްބަރުން ހިއްސާވާ ރިސޯޓްތަކުގެ އަދަދު އުޅެނީ ސަތޭކަ ވިއްސަށްވުރެ މަތީގައެވެ.