ވިޔަފާރީގެ ދާއިރާއިން ރާއްޖޭއާއި އޮސްޓްރޭލިއާގެ ގުޅުން ބަދަހި ކުރުމަށް އޮސްޓްރޭލިއާގެ ޓްރޭޑް މިނިސްޓަރ ޑޭން ޓޭހާންއާއި މަޝްވަރާކޮށްފިއެވެ.
އޮސްޓްރޭލިއާގެ ފަތުވެރިކަމާއި ގުޅޭ ވަޒީރު ޑޭން ޓޭހާންއާއި ފޮރިން މިނިސްޓްރީން ބައްދަލުކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޙަލީލްއާއެވެ. މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ހަލީލް ވަނީ، ކޯވިޑުގެ ހާލަތުން ރާއްޖެ އަރައިގަތުމަށް އޮސްޓްރޭލިއާ ސަރުކާރުން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކޮށްދީފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކަންކަމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެއްބާރުލުން ހޯއްދަވާނެ ކަން މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރާއްޖެއާއި އޮސްޓްރޭލިއާ ގުޅިގެން ކުރިއަށް ދެވިދާނެ ރޮނގުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން ތަޢުލީމާއި ތިމާވެށީގެ ދައިރާއިން ގުޅިގެން ދެ ޤައުމުން ކުރެވިދާނެ ކަންކަން ހުރިކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރަށް އިތުރަށް އިޤްތިޞާދު އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކޮށް މީހުން ގުޅުވާލުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
އޮސްޓްރޭލިއާގެ ފަތުރުވެރިކަމާއި އަދި ވިޔަފާރިއާއި ބެހޭ މިނިސްޓަރ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލު ކުރައްވާފައިވަނީ މިވަގުތު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިންނެވެ.