ކުޅިވަރު

އަލީ އަޝްފާގްގެ ދެ ގޯލުން ދިވެހި ޓީމް މިއަދު މޮޅުވެއްޖެ


ސާފް ސުޒުކީ ކަޕަށް ތައްޔާރުވާ ގައުމީ ފުޓްބޯޅަ ޓީމް މެލޭޝިޔާގައި ކުޅުނު ފަހު މެޗް ކާމިޔާބުކޮށްފިއެވެ. މެލޭޝިޔާގެ ޔޫކޭއެމް ޔުނިވާސިޓީގެ ޓީމާއި ދެކޮޅަށް މިއަދު ހެނދުނު ކުޅުނު މެޗް ދިވެހި ޓީމް ކާމިޔާބުކުރީ ހަތަރެއް ދޭއްކުންނެވެ. މިއަދުގެ މެޗުގެ ފުރަތަަމަ ދެ ގޯލް ޖަހައި ލީޑް ނެގީ ޔޫކޭއެމް ޓީމުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ދިވެހި ޓީމުގެ ފުރަތަމަ ލަނޑު ޖަަހައިދިނީ ޔަސްފާދް ހަބީބެވެ. ލިބުނު ހިލޭޖެހުމަކުން ދެވަނަ ހާފްގައި ދިވެހި ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލްކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލީ އަޝްފާގެވެ. ދިވެހި ޓީމުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގީ އަސަދުﷲ އަބްދުﷲގެ ގޯލުންނެވެ. މި ގޯލަކީ ފޯވާޑް އަލީ އަޝްފާގަށް ޔޫކޭއެމްގެ ގޯލްކީޕަރ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލް ކުރުމުން ލިބުުނު ޕެނަލްޓީއަކުން އަސަދުﷲ ކާމިޔާބުކުރި ލަނޑެކެވެ. ދިވެހި ޓީމްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ފޯވާޑް އަލީ އަޝްފާގެވެ. ސާފް ސުޒުކީ ކަޕަށް ތައްޔާރުވާ ގައުމީ ފުޓްބޯޅަ ޓީމް މެލޭޝިޔާގައި ކުޅޭނެ ފަހު މެޗެވެ. މެލޭޝިޔާގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދިވެހި ޓީމްވަނީ ތިން މެޗް ކާމިޔާބުކޮށްފައެވެ. ބަލިވެފައިވަނީ ތަމްރީން ދަތުރުގެ ފުރަތަމަ މެޗުންނެވެ. ތަމްރީން ކޭމްޕަށްފަހު ގައުމީ ޓީމް މާލެ ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަދި މި މަހުގެ ބާވީސްވަނަ ދުވަހު ދިވެހި ޓީމް އިންޑިއާގެ ޓްރިވެންޑްރަމްއަށް ދާނެއެވެ.