މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މައިކްރޯސޮފްޓަށް ޢާމްދަނީގެ ގޮތުގައި 45.3 މިލިއަން ޑޮލަރު ލިބިއްޖެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %22 އިތުރު އަދަދެކެވެ.
އަދި މިއީ އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށްވުރެއްވެސް އިތުރު އަދަދެކެވެ.
ކޯވިޑާއި އެކު މައިކްރޯސްފްޓުގެ ވިޔަފާރިއަށްވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ގޭގައި ތިބެގެން މަސައްކަތްކުރާ މީހުންނާއި ގޭގައި ތިބެގެން ކިޔަވާ މީހުންގެ ޢަދަދު އިތުރުވުމާއެކު، ސޮފްޓުވެއަރތަކަށް އޮތް ޑިމާންޑާއި ކްލައުޑު ކޮމްޕިއުޓިްގ ސަރވިސްއަށް އޮތް ޑިމާންޑުވަނީ ބޮޑެވެފައެވެ.
މައިކްރޯސޮފްޓުގެ އުފެއްދުންތަކުގެ ތެރެއިން ތިންވަނަ ކުއާޓަރުގައި އެންމެ ރަނގަޅު އާމްދަނީއެއް ލިބިފައިވަނީ "އިންޓަރލިޖެންޓް ކްލައުޑު" ސެގްމަންޓުންނެވެ. މައިކްރޯސޮފްޓުންދަނީ އެކުންފުނީގެ ވާދަވެރި އެހެން ކުންފުނިތަށް ކަމުގައިވާ އެމޭޒޯން، ގޫގަލް އަދި އެހެންވެސް ކުލައުޑުގެ ޚިދުމަތްދޭ ކުންފުނިތަކަށްވެރެ ކުރީގައި ތިބުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މައިކްރޯސޮފްޓުގެ އެހެން އުފެއްދުންތަކުގެ ވިޔަފާރިއަށް ބަލާލާއިރު، ޕަސަނަލް ކޮމްޕިއިޓިންގެ ވިޔަފާރި ކުރިިއަރާފައިވަނީ މަޑު ދުވެއްޔެއްގައެވެ. އެގޮތުން އެދާއިރާއިން ވިޔަފާރިއަށްވަނީ %12ގެ ކުރިއެރުމެއް ލިބިފައެވެ.