ކުޅިވަރު

ރާއްޖެއަށް އިންޑިޔާ ޓީމް ބަލިކުރެވޭނެ- ޝަވީދު


ސާފް ސުޒުކީ ކަޕް ސެމީފައިނަލް
މެޗްގައި އިންޑިޔާ ބަލިކުރެވޭނޭކަމަށާއި ޓީމަށް އިތުބާރު ކުރާކަމަށް އެފްއޭއެމްގެ
ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވެއްޖެއެވެ.
ސާފް ސުޒުކީކަޕްގެ ސެމީ ފައިނަލް މެޗްގެ ކުރިން ޕީއެސްއެމްއާ ވާހަކަދައްކަވަމުން ޝަވީދު
ވިދާޅުވީ މިމުބާރާތައް ޤައުމީ ޓީމްވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށާއި،
އިންޑިޔާވިޔަސް ކޮންމެ ގައުމެއް ވިއަސް ފައިނަލަށް ދެވޭނީ ސެމީގައި ވާދަކުރަންޖެހޭ
ޓީމް ބަލިކޮށްގެންކަމަށެވެ.
ޝަވީދު ވިދާޅުވީ އިންޑިޔާގެ މައްޗަށް ރާއްޖެއަށް ކުރި ހޯދިދިދާނެކަމަށާ،
ބޭނުންވަނީ ފާއިތުވެދިޔަ ތަނުގައި އިންޑިޔާއާ ދެކޮޅަށް ކުޅެފައިވާ މެޗްތަކުގެ
މަތީން ހަދާން ނައްތާލުމަށްފަހު، މުޅިން އާ މެޗަކަށް ތައްޔާރުވުންކަމަށެވެ.
މުޅި ޤައުމު މިވަގުތު އޮތީ ޤައުމީ ޓީމުގެ ފަހަތުގައިކަމަށާއި އިންޑިޔާ ބަލިކޮށް
ފައިނަލަށް ދެވިއްޖެކަމަށްވާނަމަ، ޓީމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް
ގަބޫލް ކުރާކަމަށްވެސް އެފްއޭއެމްގެ ނޯމަލިޒޭޝަންގެ ކޮމެޓީގެ ޗެއާމަން މުހައްމަދު
ޝަވީދު ވިދާޅުވިއެވެ.