ކުޅިވަރު

ނިކުންނާނީ ޑިފެންސިވް ގޭމަކަށް – ސްރީލަންކާ


މާދަމާ އަފްޣާނިސްޠާނާއި ދެކޮޅަށް ނިކުންނާނީ
ޑިފެންސިވް ގޭމަކަށްކަމަށް ސްރީލަންކާގެ ކޯޗު ސަމްޕަތު ޕެރޭރާ ބުނެފިއެވެ.
ސެމީފައިނަލްގައި މާދަމާ ކުޅޭ މެޗުގެ 90 މިނިޓް ވިސްނާނީ ޑިފެންސްކޮށް ލިބޭ
ފުރުޞަތުގައި އެޓޭކްކުރަންކަމަށް އޭނާ ބުންޏެވެ.



" އަހަރެމެން ބޭނުމީ މޮޅުވާން. އަހަރެމެން
ނިކުންނާނީ ޑިފެންސްކޮށްގެން، ޑިފެންސިވް ގޭމަކަށް. ނުވަދިހަ މިނިޓްގެ ތެރޭގައި
ފުރުޞަތު ހޯދޭވަރެއް، އެޓޭކް ކުރެވޭ ވަރެއް ބަލާނީ. އަހަރެންގ ޔަޤީންކަން ބޮޑު.
ފުރަތަމަ ކުރި ހޯދަން މަސައްކަތްކުރާނަން. " ކޯޗު ބުންޏެވެ.



ސްރީލަންކާ ސެމީއަށް ދަތުރުކުރީ ފުރަތަމަ މެޗުގައި
1-0 ން ނޭޕާލް ބަލިކޮށްގެން ހޯދި 3 ޕޮއިންޓާއެކު ގްރޫޕްގެ 2 ވަނަ ހޯދައިގެންނެވެ.
އެމެޗުގައިވެސް މޮޅަށް ކުޅުނީ ނޭޕާލެވެ.



 ރާއްޖެ
ގަޑިން މާދަމާ ހަވީރު 18:00 ގައި ފަށާ މިމެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.