ވިޔަފާރި

މިދިޔަ ނޮވެމްބަރުމަހު އިންފްލޭޝަން ރޭޓް 1.5 އިންސައްތަ މައްޗަށް !


އަހަރުން އަހަރަށް ބަލާއިރު، މިދިޔަ ނޮވެމްބަރުމަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް އެކެއް
ޕޮއިންޓް ފަހެއް ހަތަރެއް އިންސައްތައަށް މަތިވެފައިވާކަމަށް ނޭޝަނަލް ބިއުރޯ އޮފް
ސްޓެޓިސްޓިކްސްއިން ހާމަކުރައްވައިފިއެވެ.



ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކް
އިން އާއްމުކޮށްފައިވާ ނޮވެމްބަރުމަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ
އަހަރުގެ އޮކްޓޯބަރުމަހުން މިއަހަރުގެ އޮކްޓޯބަރުމަހަށް އިންފްލޭޝަން ރޭޓް
މައްޗަށް ގޮސްފައިވަނީ އެކެއް ޕޮއިންޓް ސުމެއް ހަތަރެއް އިންސައްތައަށެވެ.



އަހަރުން އަހަރަށް އިންފްލޭޝަން
ރޭޓް މައްޗަށް ގޮސްފައިވާ އިރު، މިދިޔަ ނޮވެމްބަރުމަހުގެ އިންފްލޭޝަން ރޭޓްވެސް
ވަނީ ސުމެއް ޕޮއިންޓް ދިހައެއް އިންސައްތައަށް އުފުލިފައެވެ.



ތަފާސް ހިސާބުތަކަށް ބަލާލާއިރު
ނޮވެމްބަރުމަހު މައިގަނޑު ގޮތެއްގައި އަގު މައްޗަށް ގޮސްފައިވާ ބާވަތްތަކުގެ
ތެރޭގައި މަހުގެ ބާވަތްތައް، ގޭގެ ކުލި އަދި ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނު
ހިމެނެއެވެ.



މަހުގެ ބާވަތްތަކުން އިންފްލޭޝަން
ފަހެއް ޕޮއިންޓް ހަތަރެއް ދޭއް އިންސައްތަ އަށް މައްޗަށް ގޮސްފައިވެއެވެ. ގޭގެ ކުލި ސުމެއް ޕޮއިންޓް އެކެއް ހަތެއް އިންސައްތަ
މައްޗަށް ދިޔަ އިރު ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނުންގެ އަގުތައް ވަނީ ސުމެއް
ޕޮއިންޓް އެކެއް އެކެއް އިންސައްތަ އަށް މައްޗަށް ގޮސްފައެވެ.



ނޮވެމްބަރުމަހު މައިގަނޑު
ގޮތެއްގައި އަގު ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ތަރުކާރީ، ހިފާގެންގުޅޭ
ސާމާނު، މޭވާގެ ބާވަތްތައް، ބިހާއި ކިރު އަދި ޗީޒްގެ ބާވަތްތައް، އަންނައުނު އަދި
ފުޅީގައި ބަންދުކުރި ފެން ހިމެނެއެވެ.



އެގޮތުން ތަރުކާރީގެ ބާވަތްތަކުގެ
އަގުތައް ހަޔެއް ޕޮއިންޓް ފަހެއް އަށެއް އިންސައްތަ ދަށަށް ގޮސްފައިވެއެވެ.
ހިފާގެންގުޅޭ ސާމާނުގެ އަގުތައް އެކެއް ޕޮއިންޓް އަށެއް ހަތަރެއް އިންސައްތަ އަށް
ދަށްވެފައިވާ އިރު، މޭވާގެ ބާވަތްތަކުގެ އަގުތައް ވަނީ އެކެއް ޕޮއިންޓް ހަތެއް
ނުވައެއް އިންސައްތަ ދަށްވެފައެވެ.