ދުނިޔެ

ބިންހެލުމަށްފަހު، އިމްޕާލް އާއްމު ހާލަތަކަށް އަތުވެއްޖެ


އިންޑިޔާގެ ހުޅަނގު އުތުރުގެ
ސްޓޭޓެއް ކަމަށްވާ މަނިޕޫރުގެ ވެރިރަށް އިމްފާލަށް އާދީއްތަ ދުވަހު އައި
ބިންހެލުމަށްފަހު އެރަށުގެ ކަންތައްތައް އާންމު ޙާލަތަކަށް އައިސްފައިވާކަމަށް
ޚަބަރު ލިބިއްޖެއެވެ.



އިމްފާލްގެ އާންމުންނާ ޙަވާލާދީ ރޮއިޓާސް ބުނާގޮތުން ބިންހެލުން އައުމާއެކު
ހުއްޓިގެންދިޔަ ޢާންމުންގެ ދަތުރުފަތުރާއި ވިޔަފާރީގެ މުޢާމަލާތްތައް މިހާރު ވަނީ
އަލުން ފެށިފައެވެ. އަދި ބިންހެލުމުގެ ސަބަބުން އެސިޓީގެ ޢާންމުންގެ ހިތްތަކަށް
ކުރިމަތިވި ބިރުވެރިކަންވެސް މިހާރު މަޑުމަޑުން ފިލައިގެން ދާކަމަށް އިމްފާލްގެ
އާންމުން ބުނެއެވެ.



މިޔަންމާގެ ސަރަޙައްދީ ރޮނގުގެ
ކައިރީގައިވާ އިންޑިޔާގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ އިމްފާލަށް
އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 6.5 ގެ ބާރުމިނުގެ ބިންހެލުމެކެވެ.



މި ބިންހެލުމުގެ ނާރެސް ހުރީ
ބިމުގެ އަޑިން 57 ކިލޯމީޓަރުގެ ފުނުގައިކަމަށް ބިންހެލުންތަކާބެހޭ ދިރާސާތައްކުރާ
އެމެރިކާގެ މަރުކަޒު ކަމަށްވާ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވެއެވެ.
ބިންހެލުމުގެ މިޙާދިސާގައި 9 މީހުން މަރުވެ ބައެއް މީހުންނަށް އަނިޔާތައް
ލިބިފައިވާކަމަށް އިންޑިޔާ ސަރުކާރުން ބުނެފައިވެއެވެ.