ދުނިޔެ

ޕާކިސްތާނުގެ ބޮޑުވަޒީރު ސްރީލަންކާއަށް ވަޑައިގެންފި


ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް، ދެދުވަހުގެ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފިއެވެ.  



ޕާކިސްތާނުގެ ބޮޑު ވަޒީރު
ސްރީލަންކާއަށް ކުރައްވާ މިދަތުރުފުގައި އެޤައުމުގެ ރައީސް މައިތިރިޕާލާ
ސިރިސޭނާއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގައި ދެޤައުމުގެ
ދެމެދު އެއްބަސްވުންތަކެއް އެކުލަވާލާނެ ކަމަށް ބެލެވެއެވެ.



މި ގޮތުން ވިޔަފާރިއާ، ސައިންސާ
ޓެކްނޮލޮޖީ އަދި ސިއްހީ ދާއިރާއިން ދެގައުމުގެ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ
ވަރުގަދަ ކުރުމާއި ބެހޭ މަޝްވަރާތައް ދެގައުމުގެ އިސްވެރިން ކުރައްވާނެ ކަމަށް
ރިޕޯޓްތައް ބުނެއެވެ.



މި އެއްބަސްވުންތަކުގެ ތެރެއިން
ދިފާޢީ ދާއިރާއިން ޕާކިސްތާނާއި ސްރީލަންކާއިން ޤާއިމުކުރާ އެއްބަސްވުން މީޑިއާއިން
ވަނީ ފާހަގަކޮށްފައެވެ. މި އެއްބަސްވުމަކީ އަވަށްޓެރި އިންޑިއާއިން ޝައުޤުވެރިވާނެ
ފަދަ އެއްބަސްވުމެއް ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.