ދުނިޔެ

އެމްބަސީގައި ހުޅުޖެހި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ


އީރާނުގެ ވެރިރަށް ތެހެރާނުގައި
ހުންނަ ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީއަށް ޙަމަލާދީ ހުޅުޖެހި ފަރާތްތައް ވީ އެންމެ
އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އީރާނުގެ ރައީސް ހަސަން ރޫޙާނީ އެޤައުމުގެ
ޝަރުޢީ ދާއިރާގެ އިސް ފަރާތްތަކަށް ގޮވާލައްވައިފިއެވެ.

ޓެރަރިޒަމްގެ ކުށުގައި ސަޢޫދީ
އިން އެއް ފަހަރާ 47 މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅިގެން
ތެހެރާނުގައި އެޤައުމާ ދެކޮޅަށް ކުރި މުޒާހަރާގެ ބައިވެރިންވަނީ ސަޢޫދީ
އެމްބަސީގައި ހުޅު ޖަހާފައެވެ. މިމައްސަލާގައި ސަޢޫދީން ވަނީ އީރާނާ އެކު ބާއްވާ
ސިޔާސީ ގުޅުން ކަނޑާލާފައެވެ.

އީރާނުގެ ޝަރުޢީ ދާއިރާގެ
އިސްވެރިންނަށް ފޮނުއްވި ސީޓީއެއްގައި އީރާނުގެ ރައީސް ވިދާޅުވީ މިފަދަ ޢަމަލުތައް
ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން ވާނީ އީރާނުގެ ސަލާމަތާ އިސްތިޤުލާލަށް
ނުރައްކާ ކުރިމަތިވާ ކަންކަމަށް ހުއްޓުމެއް ގެނުވާނެ ކަމެއް ކަމަށެވެ.

ސަޢޫދީ އެމްބަސީގައި ރޯކޮށްލި
މައްސަލައިގައި ބަޙްރައިން އަދި ސޫދާނުން ވެސް ވަނީ އީރާނާ އެކު އޮންނަ ސިޔާސީ
ގުޅުން ކަނޑާލާފައެވެ.











އަނެއްކޮޅުން ކުވައިތާ ޔޫ.އޭ.އީއިން
ވެސް ވަނީ އީރާނާ އެކު އޮންނަ ގުޅުންތައް ކުޑަކޮށްފައެވެ.