ޚަބަރު

ވާދޫ ސްކޫލް 2 ބުރީގެ އިމާރާތުގެ މަސައްކަތް ނެކްސްޓާ މޯލްޑިވްސްއަށް


ރ. ވާދޫ ސްކޫލް 2 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ - އެޑިއުކޭޝަން މިނިސްޓްރީ

ރ.ވާދޫ ސްކޫލް 2 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެގްރިމަންޓްގައި ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އިބްރާހީމް ނައުޝާދުއެވެ. އަދި ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ސައީދް މުޙައްމަދުއެވެ.

ރ. ވާދޫ ސްކޫލް 2 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ - އެޑިއުކޭޝަން މިނިސްޓްރީ

އެ ކުންފުނިން މި މަސައްކަތަށް ހުށައަޅާފައިވަނީ 4،794،256.73 (ހަތަރުމިލިޔަން ހަތްލައްކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ ފަންސާސް ހަރުފިޔާ ހަތްދިހަ ތިންލާރި)އެވެ. އަދި މި މަސައްކަތް 99 ދުވަސް ތެރޭގައި ނިންމާނެކަމަށް އެކުންފުނިން ބުނެއެވެ.