ޚަބަރު

ޒުހާ މަރާލާފައިވަނީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން


މާލޭގެ މަގުމަތީގައި މަރުވެފައި އޮއްވާ ފެނުނު ހައްވާ ޒުހާ މަރާލާފައިވަނީ، ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެންކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.ހައްވާ ޒުހާގެ މަރާ ގުޅިގެން އެނާގެ ހަށިގަނޑުގެ ޕޯސްމޯޓަމް ހެދުމަށްފަހު އެކުލަވާލި ޕްރެލިމިނަރީ ރިޕޯރޓާއި ހަވާލާދީ ފުލުހުން ވިދާޅުވީ ޒުހާ މަރާލާފައިވަނީ ހ. ލާލުކުރީގައި ހުސްކޮށް ހުންނަ ކޮޓަރިއެއްގެ ތެރޭގައިކަން ތަހްޤީޤަށް އެނގިފައިވާކަމަށެވެ. އަދި ޒުހާގެ ކަރުގައި ހިފާ މަރާލާފައިވަނީ ބިދޭސީއެއްކަމަށާއި އެ މީހާ ހޯދައި ހައްޔަރު ކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.ޙައްވާ ޒުހާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެކެވެ. އެނާގެ ބަންދަށް ކޯޓުން 15 ދުވަސް އިތުރުކޮށްދީފައިވާއިރު، ޒުހާގެ މަރާ ގުޅިގެން ދެ ދިވެއްސަކުވެސް ފުލުހުން ހައްޔަރުކޮށްފައިވެއެވެ.  މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރެހެނަކާއި، އުމުރުން 50 އަހަރުގެ ދިވެހި އަންހެނެކެވެ.