ސިޔާސީ

މި އަހަރު ނިޔަލަށް ޕީޕީއެމަށް އެއްލައްކަ މެމްބަރުން ހަމަކުރާން


މި އަހަރު ޕީ.ޕީ.އެމްގެ މެންބަރުންގެ އަދަދު އެއްލަކަ އަށް އިތުރުކުރައްވާނެކަމަށް ކުރީގެ ރައީސް އަދި ޕީ.ޕީ.އެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އުންމީދީ 16 މިނަމުގައި މިރޭ ޕީ.ޕީ.އެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ، ވޭތުވެދިޔަ 2015 ވަނަ އަހަރަކީ ސަރުކާރާއި ޕީ.ޕީ.އެމްއަށް ވަރަށް ކާމިޔާބު އަހަރެއްކަމަށާއި، މިހިނގާ 2016 ވަނަ އަހަރުވެސް އެޕާޓީއަކީ ކާމިޔާބު ޕާޓީއަކަށް ހެއްދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެކަމަށެވެ. ރައީސް މައުމޫނުގެ ވާހަކަފުޅުގައި ސަރުކާރާއި، ޕީ.ޕީ.އެމްގެވެސް އަމާޒަކީ، މިއަހަރު އިޖްތިމާއީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ރާއްޖެ އައު އުސްމިންތަކަކަށް ގެންދެވުންކަމުގައެވެ. އަދި ކާމިޔާބު ސިޔާސީ ޕާޓީއަކީ ރައްޔިތުންނަށް އުންމީދުތަކެއް ގެނެސްދެއްވާ ޕާޓީއެއްކަމަށާއި، އިންތިޚާބުތަށް ކާމިޔާބު ކުރެވޭނީ، ރައްޔިތުންގެ އުންމީދުތަށް ހާސިލުކޮށްގެން ކަމުގައިވެސް ރައީސް މައުމޫން މިރޭގެ ޖަލްސާގައި ވަނީ  ވިދާޅުވެފައެވެ.