ވިޔަފާރި

ލީސިން ޕާޓްނަރސް މެދުވެރިކޮށް އެސްޓީއޯ ކްރެޑިޓް ސްކީމަށް މިހާރު މުދާ ނެގޭނެ


ލީސިން ޕާޓްނަރސް މެދުވެރިކޮށް އެސްޓީއޯ ކްރެޑިޓް ސްކީމަށް މުދާ ނެގޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މި އިންތިޒާމް ހަމަޖައްސާފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

"އެސްޓީއޯ ކްރެޑިޓް ސްކީމް" އަކީ ސަރުކާރުގެ ދާއިރާގައި ވަޒީފާ އަދާކުރާ މުއައްޒަފުންނަށް އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ގޮތަށް އެސްޓީއޯއިން ކްރެޑިޓަށް މުދާ ދޫކުރާ ސްކީމެވެ. މިސްކީމުގައި ބައިވެރިވެވޭނީ ވަޒީފާ އަދާކުރާތާ 6 މަސް ވެފައިވާ މުވައްޒަފުންނަށެވެ. އަދި އެމުވައްޒަފަކު ވާން ވާނީ ދާއިމީ ކުރެވިފައިވާ މުވައްޒަފަކަށެވެ.

މި ސްކީމަށް ގެނައި ބަދަލާއިއެކު އެސްޓީއޯ ސްޕަމާރޓްގައި މިހާރުހުރި ބައެއް އަމިއްލަ ވިޔަފާރިތަކުންވެސް މި ސްކީމް މެދިވެރިކޮށް މުދާ ގަނެވޭނެއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯ ކްރެޑިޓް ސްކީމްއަށް ހުށައަޅާތާ 3 ދުވަސްތެރޭގައި އެޕްރޫވްވާނެކަމަށެވެ. އަދި މުދާ ނެގުމަށް އެސްޓީއޯގެ ޕީޕަލްސް ޗޮއިސްއަށް އައުމުން މުދާ ނެގޭނެއެވެ.

ކްރެޑިޓް ލިމިޓް ކަނޑައެޅޭނީ އެމުވައްޒަފަކަށް ލިބޭ މުސާރައަށް ބެލުމަށްފަހު 1 އަހަރު ދުވަހުގެ ތެރޭގައި އަދާކުރެވޭނެ އުސޫލެއްގެ މަތިންނެވެ. ކްރެޑިޓް ސްކީމަށް އެދޭއިރު އެމުވައްޒަފުގެ އައިޑީ ކާޑް ހުށަހަޅަންޖެހޭނެކަމަށެވެ.

މިސްކީމްގެ ދަށުން މުދާ ދޫކުރެވޭނެ އެންމެ މަތީ ލިމިޓަކީ 50000 ރުފިޔާއާ ހަމައަށެވެ.