ޚަބަރު

" އައު އާޓިފިޝަލް ބީޗްގެ ފެންގަނޑު ތަޣައްޔަރެއް ނޫން "


މާލޭ ހުޅަނގުފަރާތުގައި ހަނދަމުންދާ އާރޓިފިޝައަލް ބީޗްގެ
ފެންގަޑު ތަޣައްޔަރުވެފައިވާ ކަމަށްބުނެ ބައެއް ފަރާތްތަކުން ރައްޔިތުންގެ
ހިތްތަކުގައި ޝައްކު އުފެއްދުމަށް ވާހަކަތައް ދައްކަމުންދާކަމަށާ އެހެންނަމަވެސް
އެތަނުގެ ފެންގަނޑުގައި އެއްވެސް ތަޣައްޔަރުކަމެއް ނެތްކަމަށް ހައުސިން މިނިސްޓަރ
ވިދާޅުވެއްޖެއެވެ.



ސަލްޓަންޕާކް ތަރައްޤީކުރުމުގެ ޕްލޭން
ތަޢާރަފްކުރެއްވުމަށް ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ
އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ހުޅަނގު
ފަރާތުގެ އާރޓިފިޝިއަލް ބީޗްގެ މަސައްކަތް ނިމެމުންދާއިރު، ރައްޔިތުންގެ
ހިތްތަކުގައި ޝައްކު އުފެއްދުމަށް ބައެއް ފަރާތްތަކުން ވާހަކަ
ދައްކަމުންދާކަމަށެވެ. މުޢިއްޒު ވިދާޅުވީ އެތަނުގެ ފެންގަނޑުގައި ނަޖިހުގެ އަސަރު
ހުންނަކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށް ވާހަކަދެއްކި ނަމަވެސް ކޮންމެ
ދެދުވަހުން އެއްދުވަހު އެތަނުގައި ފެނުގެ
ސާންޕަލް ނަންގަވައިގެން ނެޝަނަލް ހެލްތު ލެބޯޓްރީން ޓެސްޓްކުރައްވަމުން
ގެންދަވާކަމަށާ އެތަނުގެ ފެނުގައި އެކަހަލަ އެއްވެސް ތަޣައްޔަރުކަމުގެ އަސަރެއް
ނެތްކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.



މުޢިއްޒު ވިދާޅުވީ ބައެއް ފަރާތްތަކުން އެފަދަ ވާހަކަތައް
ދެއްކިނަމަވެސް ރައްޔިތުން އެކަމުގައި ކަންބޮޑުވާންޖެހޭކަމެއް ނެތްކަމަށާ،
ސަރުކާރުން ކުރައްވާކަމެއް ކުރައްވަނީ އަމާނާތްތެރިކަމާއެކު އެހާމެ ޒިންމާދާރުކަމާއެކު
ކަމަށެވެ.