ދުނިޔެ

ޒިކާއާމެދު އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި


ޒިކާ ވައިރަސް ފަތުރާ އީޑިސް މަދިރިއާއި ދެކޮޅަށް ހިންގި ޚާއްސަ ހަރަކާތެއްގައި ބްރެޒީލްގެ ރައީސް ދިލްމާ ރުސޭފް (ވ) - ފައިލް ފޮޓޯ: ޒިންގހުއާ ނިއުސް

ޒިކާ ވައިރަސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ޕްލޭންގެ ދަށުން ބްރަޒީލްގެ ސިފައިން އެޤައުމުގެ އާންމުން ހޭލުންތެރި ކުރުވުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.މިކަމަށްޓަކައި ބްރަޒީލް ސިފައިންގެ ޚާއްސަ ޓީމްތައް ވަނީ އާންމުންގެ ގެދޮރަށް ޒިޔާރަތްކޮށް ޒިކާ ވައިރަސްއިން ސަލާމަތްވުމަށްޓަކައި ސިއްޙީ ގޮތުންނާއި މަދިރި ނައްތާލުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދޭން ފަށާފައެވެ. ބްރަޒީލްގެ ސަރުކާރު ބުނާގޮތުން މިއީ ޤައުމީ ފެންވަރުގައި ހިންގާ ބޮޑު ކެމްޕޭނެކެވެ.މި ކެމްޕޭނުގައި 125 މިލިޔަން ޑޮލަރުގެ ބަޖެޓެއް ހަމަޖައްސާފައިވާއިރު، ދުއިސައްތަ ހާސް ސިފައިންގެ މައްޗަށް އެކުލެވޭ ކުދި ޓީމްތައް މި ސިއްޙީ އޮޕަރޭޝަންގައި ހަރަކާތްތެރިވާނެކަމަށް އެޤައުމުން ބުނެއެވެ.