ޚަބަރު

މިދިޔަ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު ކޯވިޑްގެ ކުރިއާއި އަޅާބަލާއިރު %6.5 އިތުރު


މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ކޯވިޑްގެ ކުރިއާއި އަޅާބަލާއިރު %6.5 އިތުރުވެއްޖެއެވެ. 2021 ވަނަ އަހަރަށްވުރެ ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިދިޔަ މަހު ވަނީ %1.5 އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ރާއްޖެއަށް 1،491،236 (އެއް މިލިއަން ހަތަރުލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ތިރީސް ހައެއް) ފަތުރުވެރިން ވަނީ އައިސްފައެވެ.

މިއީ 2019 ވަނަ އަހަރާއި އަޅާބަލާއިރު %6.5 ކުރިއެރުމެކެވެ. އަދި 2021 ވަނަ އަހަރާއި އަޅާބަލާއިރު %1.5 ކުރިއެރުމެކެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރ މަހު ރާއްޖެ އައިސްފައިވަނީ 137،921 ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރުގެ ނޮވެމްބަރ މަހު ރާއްޖެ އައިސްފައިވަނީ 144،725 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ޤައުމު:

* އިންޑިއާ: 209،725 ފަތުރުވެރިން
* ރަޝިއާ: 182،337 ފަތުރުވެރިން
* އިނގިރޭސިވިލާތް: 162،020 ފަތުރުވެރިން
* ޖަރުމަނުވިލާތް: 122،449 ފަތުރުވެރިން
* އިޓަލީ: 82،292 ފަތުރުވެރިން

މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4800 ފަތުރުވެރިން އާދެއެވެ. މިއަހަރުގެ ކޮންމެ މަހަކުވެސް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

ރާއްޖޭގައި މިހާރު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1197 ތަނެއް ވަނީ ހުޅުވާފައެވެ. އެއީ މުޅި ޖުމްލަ 59،351 އެނދެވެ. ރާއްޖެއިން މިއަހަރު އަމާޒުހިފާފައިވަނީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

2019 ވަނަ އަހަރު ނިމުމުއިރު ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 1،702،887 (އެއް މިލިއަން ހަތްލައްކަ ދެ ހާސް އަށްސަތޭކަ އަށްޑިހަ ހަތެއް) ފަތުރުވެރިންނެވެ. 2020 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 555،494 ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 1،321،937 (އެއް މިލިއަން ތިންލައްކަ އެކާވީސްހާސް ނުވަސަތޭކަ ތިރީސް ހަތެއް) ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.