ޚަބަރު

އުރީދޫގެ އެހީ 28 ސިއްހީ މަރުކަޒަކަށް


އުރީދޫ މޯލްޑިވްސްއިން ހެލްތް ކިޓް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ 28 ޞިއްޙީ މަރުކަޒަކަށް ހެލްތް ކިޓް ހަދިޔާކޮށްފިއެވެ.

މިއީ ދުޅަހެޔޮ ސިއްޙަތެއް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އުރީދޫންއިން މިއަހަރުގެ ކުރީކޮޅު ފެށި މަސައްކަތެކެވެ.

އުރީދޫންއިން ހެލްތް ކިޓް ހަދިޔާކޮށްފައިވަނީ ހއ އަތޮޅާއި ހދ އަތޮޅުގެ ހުރިހާ ސިއްޙީ މަރުކަޒުތަކާއި، ބ. ކުޑަރިކިޅި ސިއްޙީ މަރުކަޒާއި ކ. ތުލުސްދޫ ސިއްޙީ މަރުކަޒުގެ އިތުރުން، އދ. މާމިނގިލީގެ ސިއްޙީ މަރުކަޒަށެވެ.

މިހެލްޓް ކިޓްތަކުގެ ތެރޭގައި، ސިއްޙީ މަރުކަޒަކަށް ބޭނުންވާޒަރޫރީ ސާމާނާއި، ސްޓެތެސްކޯޕާއި، ޑިޖިޓަލް ސްފިގްމަމަނޯމީޓަރ އާއި، ޕަލްސް އޮކްސިމީޓަރ އާއި، އޮޓޮސްކޯޕް އާއި ޑިޖިޓަލް ތަރމޯމީޓަރގެ އިތުރުން ނެބިއުލައިޒަރ މެޝިނެއް ހިމެނެއެވެ.

އުރީދޫ މޯލްޑިވްސް ޗީފް ކޮމާޝަލް އޮފިސަރު ޑރ. ހުސައިން ނިޔާޒު ވިދާޅުވީ ކޮންމެ މީހަކަށް ވެސް ފެންވަރު ރަނގަޅު ޒަރޫރީ ސިއްހީ ފަރުވާ ލިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، އެކުންފުނީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒުތަކަކަށް ހެލްތް ކިޓް ފޯރުކޮށްދިނުން ކަމަށެވެ.

އުރީދޫއިން މިއަހަރުގެ އެކުންފުނީގެ ސީއެސްއާރު ފޯކަސްގެ ގޮތުގައި "ހެލްތު އެންޑް ވެލްނެސް" އަށް އެއްބާރުލުން ދީ ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް އުރީދޫއިން އިން ވަނީ ބުނެފައެވެ. އަދި ކައުންސިލްތަކާއި ރެކްރިއޭޝަނަލް ކްލަބްތަކާއި ގިނަ މުބާރާތްތައް ސްޕޮންސާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މުޖުތަމަޢުތައް ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ "ކަލަރ ރަން"ގެ ނަމުގައި ހަރަކާތެއް ދަނީ ކޮންމެ އަހަރަކުވެސް ހިންގަމުންނެވެ.

އުރީދޫ މޯލްޑިވްސް އަކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދްމަތްތަކެއް ފޯރުކޮށްދީ، ބޭނުންވާ އަދި މުހިންމު މަޢުލޫމާތު، ޚާއްޞަކޮށް، ދަތި ޙާލަތްތަކުގައި އެހީ ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.