ޚަބަރު

ރާނީގެ އާ ފިލްމަށް ތާރީޚެއް


މިދިޔަ އަހަރު ގެނެސްދިން "ބަންޓީ އޯރް ބަބްލީ 2" އިން އެންމެ ފަހުން ފެނުނު ބޮލީވުޑް ތަރި ރާނީ މުކަރްޖީގެ ކުރިއަށް އޮތް ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ރިލީޒްކުރާ ތާރީޚު އިޢުލާންކޮށްފިއެވެ.

ޑައިރެކްޓަރު ޕްރޮޑިއުސަރު ނިކިލް އަދުވާނީގެ އެންމޭ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކަށް ދޫކޮށްލަން ނިންމީ އަންނަ އަހަރުގެ މާރިޗުމަހުގެ 3 ގައެވެ. މިދިޔަ އަހަރު ޝޫޓިން ނިންމާފައި އޮތް ފިލްމަކީ މަޔަކު އަންހެން ދަރިއަކަށް އިންސާފު ހޯދަން ވާ ޤުރުބާނީ އާއި އޭނަގެ ހިތްވަރު ދައްކުވައި ދޭނެ ޑްރާމާ ފިލްމެކެވެ.

ފިލްމުގެ ބޮޑު ބައި ނޯވޭގައި ޝޫޓްކުރި "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެ ޑައިރެކްޓަރަކީ 2013 ވަނަ އަހަރު ގެނެސްދިން "މޭރޭ ޑޭޑް ކީ މަރޫޓީ" ގެނެސްދިން އާޝިމާ ޗިބާރެވެ. މި ފިލްމަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް، ވައިއާރްއެފް ގެ ފިލްމެކެވެ.