ދަނޑުވެރިންނަށް ފަންނީ މަޢުލޫމާތު ހިއްސާކުރުމަށް "ދަނޑުވެރިޔާ"ގެ ނަމުގައި އެޕްލިކޭޝަންއެއް ތަޢާރަފްކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ނިންމައިފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މީހުން ދަނޑުވެރިކަން ކުރަމުން އަންނައިރު، ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަނޑުވެރިން ބޭނުންވާ ބައެއް ކަންކަން ރާއްޖޭގައި ފަހިވެފައިނެތުމެވެ. އެގޮތުން، ދަނޑުވެރިން ބޭނުންވާ މަޢުލޫމާތުތައް އެއްތަނަކުން ލިބޭނެގޮތް ފަހިވެފައި ނެތުމަކީ ދަނޑުވެރިންގެ ޝަކުވާއެކެވެ. މިކަން ހައްލުކުރުމަށް ފިޝަރީޒް މިނިސްޓްރީން "ދަނޑުވެރިޔާ"ގެ ނަމުގައި އެޕްލިކޭޝަންއެއް ތައާރަފްކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ދަނޑުވެރިންނަށް ޙާއްސަކޮށްގެން އެޕލްިކޭޝަންއެއް ތަޢާރަފްކުރުމަށް ނިންމާފައިވަނީ ދަނޑުވެރިކަމާއި ބެހޭ ތަފާތު އެކި ފަންނީ މަޢުލޫމާތު ދަނޑުވެރިންނާއި ހިއްސާކޮށް، އެފަރާތްތަކާއެކު މިހާރަށްވުރެ ގާތުން މަސައްކަތްކުރުމަށްކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިއެޕްލިކޭޝަންގެ ޒަރިއްޔާއިން ދަނޑުވެރިންނަށް އެމިނިސްޓްރީއާއި މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި މިއެޕްލިކޭޝަންގެ ޒަރިއްޔާއިން މޫސުމީ ބަދަލުތަކާއި ދަނޑުތައް މުޑުވައްކުރުމުގެ މަޢުލޫމާތުތަކުގެ އިތުރުން ދަނޑިވެރިން ބޭނުންވާ ހުރިހާ ފަންނީ މަޢޫލޫމާތު ހިއްސާކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
???????????? - a web app aimed at providing information to help boost production & income of farmers is in the process of being introduced in the Maldives?? by @FAO.
— FAO in Sri Lanka & Maldives (@FAOSriLanka) February 23, 2023
The 3-day training workshop to train staff on the use of the app kickstarted on 21 February. pic.twitter.com/4GZ0q3wYBt
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިހާރު ކުރިއަށްދަނީ މިއެޕްލިކޭޝަން ބޭނުންކުރުމަށް ތަމްރީންކުރުމުގެ ޕްރޮގްރާމްތައްކަމަށެވެ. އަދި އަންނަ ރަމަޟާންމަހުގެ ފަހުން މިއެޕްލްިކޭޝަން ރަސްމީކޮށް އިފްތިތާހްކުރެވޭނަކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ. މިއެޕްލިކޭޝަންއަކީ ވެބް އެޕްލިކޭޝަންއަކެވެ. އަދި މީގެ މޮބައިލް އެޕްލިކޭޝަން ތައާރަފްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ދަނޑުވެރިކަމުގެ ސިނާޢާތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދަނޑުވެރިން އުފައްދާ ތަކެތި އެކަށީގެންވާ އަގެއްގައި ނުވިއްކުމުގެ މައްސަލަ ހައްލުކުރުމަށް ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވާލަދީ، ވިޔަފާރީގެ މުޢާމަލާތު ކުރެވޭނެ ޕްލެޓްފޯމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
މިއީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮގްރާމެކެވެ.