ޚަބަރު

14 ޤައުމަކަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުންގެ ނަންތައް ކޮމިޓީއަށް


ބައެއް ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުންނަށް، މަޖިލީހުގެ މަޝްވަރާ ހޯއްދަވައި ގޮތެއް ނިނެމްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވާފައެވެ. އެ ސިޓީފުޅުގައި 14 ޤައުމަކަށް ނޮން-ރެސިޑެންޓު ސަފީރުން ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން ބަޔާންކުރައްވާފައިވެއެވެ.

ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުއްވި ޤައުމުތައް


1- ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަލީ ފާއިޒް - ސީޝެލްސް، މޮރިޝަސް، ޤަތަރު، ސައުތު އެފްރިކާ އަދި ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް
2- އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަނަވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު - ކެނެޑާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް
3- ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާމިނަތު ޝަބީނާ - އިތިއޯޕިއާ އަދި ކެންޔާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް
4- ޖަރމަނީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު ޝާން ޝާކިރު - ސާރބިއާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް
5- ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ތަސްމީން ޢަލީ - އިންޑޮނީޝިއާ، އޮސްޓްރޭލިއާ އަދި ފިލިޕީންސްއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް
6- މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަލީ ޙުސައިންދީދީ - ބުރޫނާއީއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް
7- އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބް - ކަޒަކްސްތާނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް

އެ ނަންފުޅުތައް ދިރާސާކުރުމަށް ފޮނުއްވާފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.