ދުނިޔޭގެ ވިޔަފާރި

ސައޫދީގެ އަރަމްކޯއިން އޭޝިއާއަށް ތެޔޮ ފޯރުކޮށްދެނީ


ސައުދީގެ ތެޔޮ އުފައްދާ ކުންފުނި އަރަމްކޯއިން އުތުރު އޭޝިއާގެ ކަސްޓަމަރުންނަށް ޖޫންމަހު އެދިފައިވާ ފުލް ވޮލިއުމްގެ ސާފުނުކުރާ ތެޔޮ ފޯރުކޮށްދޭނެކަމަށް ބުނެފިއެވެ.

ރިފައިނިން މާޖިން ބަލިކަށިވުމުގެ ސަބަބުން ސައުދީ އަރަމްކޯއިން ވަނީ ޖޫންމަހު އޭޝިއާއަށް ޝިޕްކުރާ ސާފުނުކުރާ ތެލުގެ އަގު ހެޔޮކޮށްފައެވެ. ނަމަވެސް މިއީ މާކެޓުން ލަފާކުރި ވަރަށް ވުރެ ހެޔޮ އަގެއް ނޫނެވެ.

ފައިދާގެ ނިސްބަތް ދަށްވުމުން ތެޔޮ ގަންނަ ފަރާތްތަކުން ވަނީ ރަޝިޔާ ފަދަ ތެޔޮ ސަޕްލައި ކުރާ އެހެން ފަރާތްތަކުން އަގުހެޔޮ ތެޔޮ ހޯދުމަށް ނުވަތަ އޮޕަރޭޝަނަލް ރޭޓް ދަށްކުރުމަށް ވެސް ވިސްނާފައެވެ.

ޗައިނާއިން އަންނަނީ ޑިސްކައުންޓްދޭ ރަޝިއާގެ ތެޔޮ ހޯދުން އިތުރުކުރަމުންނެވެ.

މިއާއިއެކު ޗައިނާ އިން އަންނަނީ އިންޑިއާގެ ރިފައިނަރުން ކުރިން ކުރި ހޯދާފައިވާ ޔޫރަލްސް މާކެޓުގެ ބޮޑު ހިއްސާއެއް ނަގަމުންނެވެ.

ޖޫން މަހު އޭޝިއާއިން އެދިފައިވާ މިންވަރަށް ތެޔޮ ފޯރުކޮށްދޭނެކަމަށް އަރަމްކޯ އިން ބުނެފައި މިވަނީ އޮގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް ކަންޓްރީޒް،އޯޕެކް އާއި ރަޝިއާ ހިމެނޭ އޯޕެކް ޕްލަސްއިން ތެޔޮ އުފައްދާ މިންވަރު މި މަހުން ފެށިގެން ދުވާލަކު 1.6 މިލިއަން ފީފާ މަދުކުރާނެކަމަށް އިއުލާނުކޮށްފައިވަ ދަނޑިވަޅެއްގައެވެ.

މި މަދުކުރުންތަކުގެ ދަށުން ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ސައުދީ އަރަބިއްޔާއިން ދުވާލަކު ފަސް ލައްކަ ފީފާ ތެޔޮ އުފެއްދުން މަދުކުރާނެއެވެ.