ޚަބަރު

ކުރީގެ ޕީޖީ މުޚްތާޒް މުހުސިން ބަންދުން ދޫކޮށްލައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރަން ޞައްޙަ ނޫން ކޯޓް އަމުރެއް ނެރުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ޕްރޮސިކިއުޓަރ ޖެނަރަލް މުޚްތާޒް މުހުސިންގެ މައްޗަށް ދައުވާކުރަން ފޮނުވައި އޭނާ ބަންދުން ދޫކޮށްލައިފިއެވެ.

ކޯޓުން މުޙްތާޒް ދޫކޮށްލާފައިވަނީ، ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން، ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާތީއެވެ. ރައީސް ޔާމީން ހައްޔަރުކުރަން ޞައްޙަ ނޫން ކޯޓް އަމުރެއް ނެރުނުކަމުގެ ތުހުމަތުގައި މުހްތާޒް މުހުސިން ހައްޔަރުކުރުމުން ކުރިމިނަލްކޯޓުން އޭނާ ދޫކޮށްލިނަމަވެސް އޭގެފަހުން ހައިކޯޓުން މުޚުތާޒް ބަންދުގައި ބެހެއްޓުމަށް ހުކުމްކުރައްވައިވެއެވެ.

އެކޯޓުން މިގޮތަށް ނިންމަވާފައިވަނީ ދަށުކޯޓުން މުހްތާޒް މުހުސިން ދޫކޮށްލުމަށް ކުރެއްވި އަމުރު ދައުލަތުގެ ފަރާތުން އިސްތިއުނާފްކުރެއްވުމުން އެ މައްސަލަ ނިންމަވާ އިއްވި ހުކުމުގައެވެ. ޞައްޙަ ނޫން ކޯޓް އަމުރެއް ނެރުނު މައްސަލައާއި ގުޅިގެން ކުރީގެ ޕީޖީ މުހުތާޒް މުހުސިން ހައްޔަރުކުރައްވީ އެކަމުގައި އެނާ ބައިވެރިވިކަމުގެ ތުހުމަތުގައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ މިމައްސަލައިގައި ހައްޔަރުކުރައްވާފައިވާ އދ. މާމިގިލީ ކޯޓްގެ އިސް މެޖިސްޓްރޭޓް އަޙުމަދު ނިހާން ވަކި މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކުރައްވާފައެވެ.