ބާރުވެރި އަމާން މުޖުތަމަޢެއް ބިނާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތެވެ. އެ ސިޔާސަތުގެ ދަށުން ރަށްރަށުގެ ކައުންސިލާއި ޒުވާނުން ރަށު ފެންވަރުގައި މަސައްކަތްކުރުމަށް ބޭނުންވާ ވަޞީލަތް ޤާއިމުކޮށްދިނުމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މުޖްތަމަޢުގެ ބާރުވެރިކުރުވައި، ރަށްރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިޖުތިމާޢީ މަރުކަޒުތައް ތަރައްޤީކުރެއްވުމުގެ މަސައްކަތަކީ އެންމެ ބާރަށް ކުރިއަށްދާ އެންމެ މުހިއްމު އެއް މަސައްކަތެވެ. ސަރުކާރުން މިހާރުވެސް ގެންދަވަނީ އެކި ސަރަހައްދުތަކުގައި އިޖްތިމާއީ މަރުކަޒުތައް ޤާއިމްކުރެއްވުމުގެ މަސައްކަތް ކުރައްވަމުުންނެވެ. އޭގެތެރެއިން ބައެއް މަރުކަޒުތައް ހުޅުވާފައިވާއިރު، ބައެއް ތަންތަން ހުޅުވުމަށް ވަނީ ތައްޔާރުވެފައެވެ.
މިއީ ކުރެހުމެއް ނޫނެވެ.
— Ahmed Mahloof (@AhmedMahloof) July 5, 2023
މިއީ ރައީސް @ibusolih ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީ ކުރައްވަމުންގެންދަވާ ޒަމާނީ ކޮމިއުނިޓީ ސެންޓަރުތަކުގެ ތެރެއިން ހއ. އިހަވަންދޫގައި ގާއިމްކުރެވޭ މަރުކަޒެވެ. މަސައްކަތްނިމި ހުޅުވުމާއި ގާތްވީއެވެ.
މިމަރުކަޒުތަކުގައި ކުޅިވަރު ކުޅުމުގެ އިތުރުން،… pic.twitter.com/dXwVfGjano
ސަރުކާރުން ތަރައްޤީކުރަމުންދާ އިޖްތިމާއީ މަރުކަޒުތަކުގެ ތެރެއިން މިހާރު ދަށުން އެންމެފަހުން މަސައްކަތް ނިންމާލާފައިވަނީ ހއ.އިހަވަންދޫގެ އިޖްތިމާޢީ މަރުކަޒުގެ މަސައްކަތެވެ.
މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަހުމަދު މަހްލޫފް ވިދާޅުވީ ހއ.އިހަވަންދޫ އިޖުތިމާޢީ މަރުކަޒުގެ ތަރައްޤީކޮށްފައިވަނީ ޒަމާނީ ފެންވަރަކަށްކަމަށެވެ. މަހްލޫފް ވިދާޅުވީ އިހަވަންދޫގެ އިޖުތިމާޢީ މަރުކަޒު ވަރަށް އަވަހަށް ހުޅުވާނެކަމަށާއި، މަރުކަޒު ހުޅުވުމުގެ ސަބަބުން އެރަށުގައި ކުޅިވަރު ކުޅުމާއި ޖަމުއިއްޔާތަކުގެ މަސައްކަތްތައް އިންތިޒާމުކޮށް ކުރިއަށްގެންދިޔުމުގެ މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މިހާރުވެސް 31 ރަށެއްގައި އިޖުތިމާޢީ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި އޭގެތެރެއިން 5 ސެންޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ކޮމިއުނިޓީ ސެންޓަރުތަކަކަކީ، ރަށުގެ އިޖުތިމާޢީ ގުޅުން ވަރުގަދަކޮށް، ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުވުމަށް ބޭނުންވާ އެކި ޙަރަކާތްތައް ހިނގުމުގެ މަގިފަހިކުރުމަށް ސަރުކަރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ރަށްރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް އަތޮޅޮތެރޭގެ ގިނަ ރަށްރަށުގައި އިންޑޯ އަދި އައުޓްޑޯ ގިނަ ކުޅިވަރު ޙަރަކާތްތައް މިހާރުވެސް ހިންގަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުތަކުގައި އެކި މުބާރާތް އިންތިޒާމުކޮށް ހިންގަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ.
ކުޅިވަރުގެ އިތުރުން، ރައްޔިތުންގެ ފައިދާއާއި ލާބައަށް ހިންގާ އެކިއެކި ކަންކަން ކުރިއަށްގެންދިއުމުގެ ފުރުސަތު ކޮމިއުނިޓީ ސެންޓަރުތަކުގައި ވަނީ ފަހިކޮށްފައެވެ.