ވިޔަފާރި

952000 އަށްވުރެ ގިނަ ފަތުރުވެރިން، %14 ކުރިއެރުމެއް


  • މި މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 952،608 ފަތުރުވެރިން ވަނީ އައިސްފައި

  • މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 834،186 ފަތުރުވެރިން

  • މިހާރު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަނީ އިންޑިއާއިން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 952000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %14.2 އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޖުމްލަ 952،608 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 834،186 ފަތުރުވެރިންނެވެ.

ވަކިވަކި މަސްމަހު ރާއްޖެއަށް ފަތުރުވެރިން އައި ޢަދަދު:

* ޖަނަވަރީ - 172،499 ފަތުރުވެރިން
* ފެބްރުއަރީ - 177،915 ފަތުރުވެރިން
* މާރޗް - 173،514 ފަތުރުވެރިން
* އޭޕްރީލް - 164،357 ފަތުރުވެރިން
* މެއި - 120،959 ފަތުރުވެރިން
* ޖޫން - 120،363 ފަތުރުވެރިން
* ޖުލައި (5 ގެ ނިޔަލަށް) - 23،001 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5122 ފަތުރުވެރިން އާދެއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުތައް:

* އިންޑިއާ - 112،771 ފަތުރުވެރިން
* ރަޝިއާ - 111،519 ފަތުރުވެރިން
* އިނގިރޭސިވިލާތް - 81،707 ފަތުރުވެރިން
* ޗައިނާ - 67،822 ފަތުރުވެރިން
* ޖަރުމަނުވިލާތް - 67،064 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 1252 ތަނެއް ވަނީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ހުޅުވާފައެވެ. އަދި މިއީ މުޅި ޖުމްލަ 60،954 އެނދެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަހަރު ކަނޑައަޅާފައިވަނީ ރާއްޖެއަށް 1.8 މިލިއަން ފަތުުރުވެރިން ގެނައުމަށެވެ. އަދި މިމަހުގެ ތެރޭގައި 1 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށް މިނިސްޓްރީން އަންދާޒާކުރެއެވެ.