އަންނަމުންދާ ބަދަލުތަކާއި ފައިހަމަކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީގެ ރޮނގުންކަން ފާހަގަކުރައްވައި އެކަންކަމުން ކުރިއެރުން މުހިއްމުކަމަށް ރައީސުލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް އިފްތިތާޙްކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދުނިޔެއަށް އަންނަ ބަދަލުތަކާއި ފައިހަމަކުރުމަށް ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމަށް އެމްއެމްއޭއިން ގެންނެވި ބަދަލު ފާހަގަކުރައްވައި، އެބަދަލުގެ ސަބަބުން ޤައުމަށްކުރާނެ ފައިދާތަކާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި ފައިހަމަކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީގެ ރޮމގުންކަން ކުރިއަރައިގެންކަންވެސް ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި ވަރަށް އީޖާދީ މަސައްކަތްތެރި ޒުވާނުންތިބިކަން ފާހަގަކުރައްވައި، އެފަރާތްތަކުން އިޤްތިޞާދީ ކުރިއެރުމަށް ކުރާ މަސައްކަތުގައި ބައިވެރިވެ، އިޤްތިޞާދު ދެ ގުނަކުރުމަށް މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތައް ފުޅާކުރުމަށް، ދިވެހިރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކުރުމަށް ބާރު އަޅަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ޤައުމު ބިނާވެގެންދަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް އެންމެން ގުޅިގެން ކޮށްގެންކަމަށްވެސް ވިދާޅުވިއެވެ.
" ޤައުމެއް ތަރައްޤީ ކުރުމަށް އާބާދީ ކުޑަކަމަށް ނުބަލައި ހުރިހާ ދާއިރާއަކުން މަސައްކަތްކުރުރައްވާ. އީޖާދީ ވިސްނުންގެނެސް ޤައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުން މަސައްކަތްކުރުއްވާ. ޤައުމަށްޓަކައި އެކި ދާއިރާތަކުން ވިސްނުންބަހައްޓައި ޤައުމު ތަރައްޤީކުރުމަށް ގުޅިގެން މަސައްކަތްކުރައްވާ."ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވިއެވެ.
މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ސަބަބުން ރާއްޖޭގައި ޕޭމަންޓް ޚިދުމަތަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުވެ، އެ ޚިދުމަތްތައް އެންމެންނަށް ވެސް ލިބިގެންދާނެކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
މި ނިޒާމު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ފައިސާ ދެއްކުމުގެ ޚިދުމަތް ކުރިއަށް ގެންދިއުމާއި އެކްސެސްވުމަށް ފަސޭހަވާނޭވޮތަށެވެ.
މި ސިސްޓަމް ޤާއިމުކުރުމުން ފިންޓެކް އަދި އީ-ކޮމާސްގެ ޚިދުމަތްތަކަށް މަގުފަހިކޮށްދޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.