ހއ. އުލިގަމު ބަނދަރު ހެނދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ފައްޓަވައި ދެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.
550 އެއްހާ މީހުން ދިރިއުޅޭ އުލިގަމަކީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި އާއި ދަނޑުވެރިކަމުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އާއްމު ގިނަ ޚިދުމަތްތައް ޤާއިމުކޮށްފައިވާ އުލިގަމަށް ކޮންމެ ދުވަހުވެސް ގިނަ ބަޔަކު އަރާފައިބައެވެ. އުލިގަމުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ލަފާ ފުރުމުގެ ދަތިކަމެވެ.
އުލިގަމުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 18 ޖުލައި 2023ގައިއެވެ.
މިމަޝްރޫއުގެ ދަށުން ކުރިން ފުންކޮށްފައިވާ ފަޅުން 10,400 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއ،ި 46,181 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކުރުމާއ،ި 21,708 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 238 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއ،ި 180 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެވެ.
އުލިގަމުގެ ޒަމާނީ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގެ ބަނދަރު ހެދުމުގެ ރެކޯޑަށް ބަލާއިރު އެމްޓީސީސީން މިހާރު ބަނދަރެއް ހެދުމުގެ މުއްދަތަކީ 18 މަސް ދުވަސް ކަމަށެއެވެ. އެގޮތުން އުލިގަމުގެ ބަނދަރުވެސް ޑިޒައިނަށް ބަދަލުނާންނަނަމަ 18 މަސް ދުވަސް ތެރޭގައި ނިންމާނެކަމަށެވެ.
" އެހެންވީމަ މިހާރު ބަނދަރެއް ނިމޭއިރު އޮންނާނީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުން އެދުނު ގޮތަށް ކައުންސިލާއި މަޝްވަރާ ކުރެވިގެން ހިނގާނީ. މިބަނދަރު އަޅުގަނޑުމެން 18 މަސް ދުވަސް ތެރޭ ނިންމާއިރު ކީވޯލް ޖެހިފައި ބްރޭކްވޯޓާރ ޖެހިފައި ޗެނަލް ޖެހިފައި ބައްތި ޖެހިފައި ރޭމްޕް ހެދިފައި ޕޭމަންޓް ހެދިފައި އޮންނާނީ . އިތުރަކަށް ކުރާނެ މަސައްކަތެއް މި ބަނދަރުގައި ނޯންނާނެ މި 18 މަސް" އާޒިމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒް މުހައްމަދު ވިދާޅުވީ އުލިގަމަކީ ރާއްޖޭގެ ނިސްބަތުން ފަތުރުވެރިން ގިނައިން އަންނަ އަދި ރީތި ގޮނޑުދޮށަކާއި ތަފާތު ރީތިކަމެއް ލިބިފައިވާ ރަށެއްކަމަށެވެ. އަދި މި ރަށުގެ ރީތިކަމުގެ ވާހަކަ ރަށަށް އަންނަ ކޮންމެ ފަތުރުވެރިއަކުވެސް ދައްކާކަމަށް މުއާޒް ވިދާޅުވިއެވެ. މުއާޒް ވިދާޅުވީ މީގެ 15 އަހަރު ކުރިން ހަދަން ފެށި ބަނދަރު އެއްކޮން ނުނިންމާ ދޫކޮށްލުމުގެ ސަބަބުން ރަށް މިއޮތީ ވަރަށް ބޮޑަށް ހަލާކުވެފައިކަމަށެވެ. އެގޮތުން ރަށް މިއޮތީ ރާއްޖޭގެ ގާމަތީ ރަށްތަކުން ރަށަކަށް ބަދަލުވެފައި ކަމަށާއި ރަށުގެ ގޮނޑުދޮށްވެސް މިހާރު މިވަނީ އެއްކޮންހެން ހަލާކުވެފައިކަމަށެވެ.
" މި ރަށުގެ ބޭރަށް ގާތްކޮށްލެވޭ ހިނދު މި ރަށުގެ މަލަމަތިން ފެންނަމުންދަނީ ހިތްގައިމު ރީތި ދޮންވެލީގެ ގޮނޑުދޮށެއް އޮތް ރަށެއްގެ ގޮތުގައި. ވަރަށް ރީތި ރަށެއްގެ ގޮތުގައި ސިފަވަމުން ދިޔައީ މިރަށް. އެހެންނަމަވެސް އޭގެ ފަހުން އޭގެ 15 އަހަރުން ފާއިތުވެގެން މިދިޔައީ ބަނދަރު ހަދާ ނިންމާ ނުލެވުމުގެ ސަބަބުން މިހާރު މިރަށުން ފެންނަމުން ދަނީ ރާއްޖޭގެ ރީތި ރަށްތަކާއި ޚިލާފަށް ގާމަތީ ރަށެއްގެ ސިފަ މިހާރު ފެންނަމުން ދަނީ" މުއާޒް ވިދާޅުވިއެވެ.
އުލިގަމު ރައްޔިތުން ބޭނުންވި ގޮތަށް ޒަމާނީ ބަނދަރެއް ލިބުމުގެ މަގު ފަހިވެ އެކަމުގެ އަމަލީ މަސައްކަތް ފެށިގެން ދިޔުމުން އުލިގަމުގެ ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އެމީހުންގެ މޫނުމަތިން ފެންނަމުން ދަނީ އުފާވެރިކަމެވެ. އެރަށުން ވާހަކަ ދައްކާލި ގިނަ މީހުން ބުނީ ބަނދަރެއް ހެދިގެން ދާތީ އުފާވާކަމަށެވެ.
" މި މަންޒަރު މިހެން ލޮލަށް ފެނިގެން ދިޔައީމާ ވަރަށް އުފާވޭ، މީ ވަރަށް ދުވަހު ކުރި އުންމީދެއް އެހެންވެ ވަރަށް އުފާވޭ. ދުނިޔޭގައި ހުއްޓާ މިކަހަލަ ދުވަހެއް ދެއްކެވީމައި" އުލިގަމު ރައްޔިތުން ފާހަގަކުރިއެވެ.
އުލިގަމުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 18 ޖުލައި 2023ގައިއެވެ.
މިމަޝްރޫއުގެ ދަށުން ކުރިން ފުންކޮށްފައިވާ ފަޅުން 10,400 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއ،ި 46,181 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކުރުމާއ،ި 21,708 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 238 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއ،ި 180 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެވެ.
އުލިގަމު ކައުންސިލުން ވިދާޅުވީ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީވެގެން ދިޔުމާއެކު ރައްޔިތުން ޒަމާނުންސުރެއް އުފުލަމުންއައި ތަކުލީފުތަކަށް ނިމުން އަންނާނެކަމަށެވެ. އަދި ޓޫރިޒަމްގެ ވިޔަފާރިވެސް އިތުރަށް ފުޅާވެގެން ދާނެކަމަށެވެ.
އުލިގަމު ބަނދަރު ތަރައްޤިކުރުމުގެ މިމަޝްރޫއު އެމްޓިސީސީއާ ހަވާލުކުރައްވާފައިވަނީ 73.88 މިލިއަން ރުފިޔާއަށް 600 ދުވަސް ތެރޭ ނިންމާގޮތަށެވެ.