ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އައްޔަންކުރައްވައިފިއެވެ.
މިމަޤާމަށް އައްޔަންކުރެއްވުމުން ރައީސް ނަޝީދު، އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެމަނިކުފާނަށް އިތުބާރު ކުރައްވާ އެމަޤާމަށް އައްޔަން ކުރެއްވީތީ ސީވީއެފްގެ ޗެއަރކަން ކުރައްވާ ގާނާގެ ރައީސް ނާނާ އަކޫފޯއަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ސީވީއެފްގެ ރައީސް، ބާބޭޑޯސްގެ ބޮޑުވަޒީރު މިއާ އަމޯރް މޮޓްލޭއާއެކު ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެމަނިކުފާނަށް ވެވަޑައިގެންނެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
Thank you President @NAkufoAddo for putting faith in me to be the new Secretary-General of @TheCVF. I’ll give it my best shot! Look forward to working with Prime Minister @miaamormottley as the incoming CVF president. pic.twitter.com/l0ZbBqnHxf
— Mohamed Nasheed (@MohamedNasheed) December 1, 2023
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގައި 58 މެންބަރު ޤައުމު އޮވެއެވެ.
ސީވީއެފް އުފެދުނީ 2009 ވަނަ އަހަރުއެވެ. އަދި މިޖަމިއްޔާގެ އެންމެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ އެއަހަރުގެ ނޮވެންބަރުމަހުގެ ރާއްޖޭގައެވެ.