ޚަބަރު

މއ. ކުދިމަގޫގެ ނީލަންކިޔަން އަނެއްކާވެސް ހުޅުވާލައިފި


  • ވިއްކާލަން އަލުން ހުޅުވާލީ 11.6 މިލިޔަން ރުފިޔާއަށް

  • ގެ ހުންނަނީ 830 އަކަފޫޓުގެ ބިމެއްގައި

  • ގެ ވިއްކާލަނީ ރަހުނުުކޮށް ނެގިލޯނެއް ދައްކާފައިނުވާތީ

މއ. ކުދިމަގޫގެ ނީޔަލަމުގައި ވިއްކާލަން އަނެއްކާވެސް މޯލްޑިވްސް އިސްލާމިކް ބޭންކުން ހުޅުވައިފިއެވެ.

ކުދިމަގޫގެ ރަހުނުުކޮށް ނެގި ލޯނެއް ދައްކާފައިނުވާތީ ވިއްކާލަން ކޯޓުން ހުއްދަ ދިނުމާއި ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކުން އެގެ ނީލަމުގައި ވިއްކާލުމަށް މީގެ ކުރިންވެސް ހުޅުވާލިއެވެ. މިފަހަރު ވިއްކާލަން ހުޅުވާލާފައިވަނީ 11.6 މިލިޔަން ރުފިޔާއަށެވެ. ބިމުގެ ޑިމާންޑް މާލޭގައި އިންތިހާއަށް ބޮޑުވެފައިވާއިރު، އެގެ ހުންނަ ބިމުގައި 830 އަކަފޫޓު ހުރެއެވެ.

އެމްއައިބީން ބުނީ ކުދިމަގޫގެ ވިއްކަން ނީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ކަމަށެވެ. ނީލަން ފެށޭ އަގެއްގެ ގޮތުގައި އެމްއައިބީގެ އިއުލާނުގައި ބުނެފައި ވަނީ -/11,650,000 (އެގާރަ މިލިއަން ހަލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއެވެ.

މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ނީލަމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެ ވަގުތު އެތަނަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިއުލާން ކުރެވޭނެކަމަށް އެ ބޭންކުން ބުންޏެވެ. އެމްއައިބީއިން ބުނީ ނީލަން ފެށޭ އަގަށް ވުރެން ބޮޑު އަގެއް ހުށަހެޅުމަށް، މަދުވެގެން ފަސް ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި ނީލަމުގައި ބައިވެރިވުމަށް އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްއައިބީގެ ނަންބަރު 3011138 އާ ގުޅުމަށް ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް މުއާމަލާތްކުރުމަށް އެމްއައިބީން އިރުޝާދުދެއެވެ.

އެމްއައިބީން މީގެ ކުރިން މިދިޔަ ޖުލައި މަހުގެ ތެރޭގައިވެސް އެގެ ނީލަމުގައި ވިއްކާލުމަށް ހުޅުވާލިއެވެ.