ބ. ދަރަވަންދޫއާއި ދ. ހުޅުދެލީގައި މިސްކިތެއް ޢިމާރާތްކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބަޔަކާ ހަވާލުކުރައްވައިފިއެވެ. މި ދެ މިސްކިތުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ، އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ބ. ދަރަވަންދޫއާއި ދ. ހުޅުދެލީގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފި.
— Ministry of Islamic Affairs (@MVIaffairs) December 11, 2023
މި ދެ މިސްކިތުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ.
މި ދެ މިސްކިތަކީވެސް 300 މީހުންގެ ޖާގައިގެ މިސްކިތް. pic.twitter.com/S7WkrSylFU
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކުރައްވައިގެން ބިނާ ކުރާ މި ދެ މިސްކިތަކީވެސް 300 މީހުންގެ ޖާގައިގެ މިސްކިތްކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިދެ މިސްކިތް ޢިމާރާތްކުރުމަށް ޙަވާލުކުރައްވާފައިވަނީ މިސްކިތެއް 9.7 މިލިއަން ރުފިޔާއަށެވެ.
މި މިސްކިތްތަކަކީ ފިރިހެނުން އަދި އަންހެނުންނަށްވެސް ނަމާދުކުރުމަށް ޚާއްސަ ޖާގައާއެކު ފަރުމާކޮށްފައިވާ ދެ މިސްކިތެވެ.