ޚަބަރު

ޢިމްރާނާއި ތޮލްހަތު ގޭ ބަންދަށް ބަދަލުކުރައްވައިފި


އައްސޭރި ޖަލުގެ އެސް.ޕީ ޔުނިޓް މަރާމާތުކުރެއްވުމަށްޓަކައި އެ ޔުނިޓް ބަންދުކުރައްވައި، ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ އާއި، ކުރީގެ ޑިފެންސް މިނިސްޓަރ ޠަލްޙަތު އިބްރާހީމް ކަލޭގެފާނު ގޭބަންދަށް ބަދަލުކުރައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ، އައްސޭރި ޖަލުގެ އެސް.ޕީ ޔުނިޓް މަރާމާތު ކުރެއްވުމަށްޓަކައި އެތަން ބަންދުކުރެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއަށް އަންގަވާފައިވާތީ އިމްރާނާއި، ތަލްޙަތު ގޭބަންދަށް ބަދަލުކުރުރެއްވީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ހިންމަފުށީ އައްސޭރި ޖަލުގެ އެސް.ޕީ ޔުނިޓުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.