އުތުރު ކޮރެޔާއިން އެ ޤައުމުގެ ހުޅަނގު ފަރާތު އައްސޭރިފަށުގެ ކަނޑުގެ ސަރަޙައްދަށް އަމާޒުކޮށް ކްރޫޒް މިސައިލް ޙަމަލާތަކެއް ދީފިއެވެ. މި ކަމާ ގުޅޭ ގޮތުން ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބުނީ، މިއީ އެ ޤައުމުގެ ރައްޔިތުންނަށް ބިރުދައްކައި، އެ ޤައުމުގެ އަސްކަރިއްޔާއަށް ފުރައްސާރަ ކުރަން ދީފައިވާ ޙަމަލާތަކެއް ކަމަށް ބެލެވޭ ކަމުގައެވެ. އުތުރު ކޮރެޔާއިން މިސައިލް ޙަމަލާތަކެއް ދީފައި މި ވަނީ، ދެ ކޮރެޔާގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ވެސް ވަނީ ދެކުނު ކޮރެޔާއިން މިސައިލް ޙަމަލާތަކެއް ދީފައިވާ ކަން ކަށަވަރު ކޮށްފައެވެ. ނަމަވެސް، މި ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަން ސާފެއް ނޫނެވެ. މިއީ، ދެކުނަށް ބިރު ދައްކަން ދީފައިވާ ޙަމަލާތަކެއް ކަމުގައި އެ ޤައުމުން ބުނި ނަމަވެސް، މިއީ ދެކުނު ކޮރެޔާއިން އަސްކަރިއްޔާއިން މިހާރު ހިންގަމުންދާ އަސްކަރީ ތަމްރީނުތަކަކާ ގުޅިގެން ދީފައިވާ ޙަމަލާތަކެއް ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
ދެކުނު ކޮރެޔާގެ ކަނޑުގެ ސިފައިންގެ ސްޕެޝަލް ވޯފެއާ ޔުނިޓުން މިހާރު ދަނީ، ދެ ކޮރެޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ކަންގްވޮން ޕުރޮވިންސުގައި އަސްކަރީ ތަމްރީނުތަކެއް ހިންގަމުންނެވެ. މިއީ، މިލްކުވެރިކަމާ މެދު ދެ ކޮރެޔާގެ މެދުގައި ދެބަސްވުން އުފެދިފައިވާ ސަރަޙައްދަކަށް އުތުރު ކޮރެޔާއިން ދާދި ފަހުން ދިން އާޓިލަރީ ޙަމަލާތަކަކާ ގުޅިގެން ހިންގަމުންދާ ތަމްރީނުތަކެއް ކަމުގައި ދެކުނު ކޮރެޔާއިން ބުނެއެވެ.
އުތުރު ކޮރެޔާއިން ދާދިފަހުން ވަނީ އަޑަށްވުރެ ހަލުވިކޮށް ދަތުރުކުރާ ހައިޕަސޮނިކް މިސައިލެއް ވެސް ތަޖުރިބާ ކޮށްފައެވެ. އުތުރު ކޮރެޔާގެ ދަޢުލަތު މީޑިޔާ ކަމުގައިވާ ކޭސީއެންއޭން ބުނީ އެ ޤައުމުގެ އަސްކަރިއްޔާއިން އަޖުމަ ބަލާފައި ވަނީ ސޮލިޑް ފިޔުލް ބޭނުންކޮށްގެން ދަތުރު ކުރާ ހައިޕަސޮނިކް މިސައިލެއް ކަމުގައެވެ. އަދި، މިސައިލް ތަޖުރިބާގެ ބޭނުމަކީ އެ ޤައުމުން އަލަށް އީޖާދު ކޮށްފައިވާ ސޮލިޑް ފިޔުލް އިންޖީނުގެ ކުޅަދާނަކަން ދެނެގަތުން ކަމުގައެވެ.
އެއީ އުތުރު ކޮރެޔާއިން މި އަހަރުގެ ތެރޭގައި ބެލިސްޓިކް މިސައިލެއްގެ އަޖުމަ ބެލި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެމެރިކާއާއި ދެކުނު ކޮރެޔާގެ އިތުރުން ޖަޕާނުން ވެސް ވަނީ އެ ޢަމަލު ކުށްވެރި ކޮށްފައެވެ. ނަމަވެސް އުތުރު ކޮރެޔާއިން ދެކޭ ގޮތުގައި ކޮރެޔާ ސަރަޙައްދުގެ ސަލާމަތަށް ނުރައްކާވަމުން ދަނީ ދެކުނު ކޮރެޔާގެ ޢަމަލުތަކުގެ ސަބަބުންނެވެ. އެ ގޮތުން، އެމެރިކާއާ ގުޅިގެން ދެކުނު ކޮރެޔާއިން އަސްކަރީ ތަމްރީނުތައް ހިންގުމަކީ ސަރަޙައްދީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އުތުރު ކޮރެޔާއިން ގަބޫލު ކުރެއެވެ.