ޚަބަރު

ކ.މާފުށީ ނެރުކައިރިއަށް ގެނބުނު މީހަކު ފަރުވާދެމުންދަނިކޮށް މަރުވެއްޖެ


  • މިހާދިސާ ފުލުންނަށް ރިޕޯޓް ކޮށްފައި ވަނީ ހެނދުނު 10:25 ހާއިރު

  • ފުލުހުން ދަނީ މިމައްސަލަ ތަޙްޤީގު ކުރަމުން

މާފުށީ ނެރުކައިރިއަށް ގެނބުނު މީހަކު ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާފުށީ އެކްޓިވް ވޯޓާ ސްޕޯޓްސްއާ ދިމާ ނެރުކައިރިން މީހަކު ގެނބިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 10.25 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެމީހާ މަރުވެފައިވަނީ މާފުށީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮން ކަމަށް ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މިމައްސަލައާ ގުޅޭ މަޢުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށާއި، މައްސަލަ ތަޙްޤީގު ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއެވެ.