 
										
			ވަސީލަތް އޮތް ބ. އޭދަފުށީގައި ފުޓްބޯޅަ ތަރިންތަކެއް އުފެއްދިދާނެ ކަމަށް ޖަރުމަންވިލާތުގެ ކުރީގެ ކެޕްޓަން މައިކަލް ބަލަކް ބުނެފިއެވެ. 
ބަލަކް މިހެން ބުނީ އޭދަފުށީ ކުޅުންތެރިންނަށް އޭނާގެ ތަޖުރިބާ ހިއްސާކޮށް ކުރިއަށްގެންދިޔަ ތަމްރީނުތައް ނިންމާލުމަށްފަހު ޕީއެސްއެމްއަށް ދިން އިންޓަރވިއުއެއްގައެވެ. 
		
 
										
			އިނގިރޭސިވިލާތުގެ ޗެލްސީއަށްވެސް ކުޅެފައިވާ ބަލަކް ބުނީ މޮޅު ކުޅުންތެރިއަކަށް ވާން ބޭނުންވާނަމަ އަމިއްލައަށް އެކަންދެކެގެން ކުރިއަށްދާ ކޮންމެ ކުޅުންތެރިއަކަށް، އެ މަގަށް ވާސިލުވެވޭނެ ކަމަށެވެ. ފުޓްބޯޅައިގެ ތަޖުރިބާ އޭދަފުށީ ކުޅުންތެރިންނާ ހިއްސާކުރަމުން ބަލަކް ބުނީ ވަސީލަތްތައް އެރަށުގައި އެބައޮތް ކަމަށާއި، ދެން ބޭނުންވަނީ ކޯޗުންގެ އިރުޝާދުތަކަށް ބޯލެނބުމާއެކު ކުޅިވަރުގެ އަޙްލާގު ހިފެހެއްޓުން ކަމަށެވެ. އަދި ފުޓްބޯޅައިގެ ވަސީލަތާ އެއްވަރަށް އެ ކުދިން ތަމްރީނުކުރާނެ ކޯޗުންވެސް ބޭނުންވާނެކަން ބަލަކް ފާހަގަކުރިއެވެ. 
		
"ކޮންމެ ކުޅުންތެރިއަކުވެސް ފުރަތަމަ ފަށާނީ އާދައިގެ ކުޅުންތެރިއެއްގެ ގޮތުގައި. ކުރިއަށް ދިއުމަށް ބޭނުންވަނީ ވަސީލަތް. އެ ވަސީލަތް މި ރަށުގައި އެބައޮތް. އެހެންކަމުން ފުޓްބޯޅަ ކުރިއަރުވާ މޮޅެތި ކުޅުންތެރިން އުފެއްދުމުގެ ފުރުސަތު އެބައޮތް. އަދި އެބަތިބި ހުނަރުހުރި ކުޅުންތެރިވެސް. އެކަން މި ޓްރެއިނިންތަކުން ފާހަގަކުރެވިއްޖެ.މައިކަލް ބަލަކް - ޖަރުމަނުގެ ކުރީގެ ކެޕްޓަން
 
										ޖަރުމަންވިލާތުގެ ކުރީގެ ކެޕްޓަން ބަލަކް އާއެކު ތަމްރީނު ޕްރޮގްރާމެއް އޭދަފުށީގައި ހިންގާފައިވަނީ އޭނާ ޗުއްޓީ ހޭދަކުރަމުންދާ ސޮނޭވާފުށި ރިސޯޓުގެ އެޙީތެރިކަމާއެކުގައެވެ. އޭދަފުށީގައި އަޅާފައިވާ ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑުގައި މިދިޔަ މަހު ވަނީ މިހާރު ބަޔާން މިއުނިކުގެ ކޯޗް ތޯމަސް ޓުޗެލްވެސް އެ ރަށު ކުދިންނަށް ތަމްރީނުތަކެއް ކުރިއަށްގެންގޮސްފައެވެ.