ރައިސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދާއި އެއްގޮތަށް ލ. އިންޓަގްރޭޓެޑް މެރިޓައިމް ހަބް މަޝްރޫޢު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި މިމަޝްރޫޢުގެ ތަފްސީލުތައް ހާމަކޮށް މަޝްރޫޢު ވަނީ އެވޯޑުކޮށްފައެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށް ކެމްސީ އިންޖިނިއަރިންއާއި އެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމްއެވެ. ޗައިނާގެ ކެމްސީ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކެމްސީ އިންޖިނިއަރިން ގެ ޖެނެރަލް މެނޭޖަރ ލީ ވޭވޭއެވެ.
މިމަޝްރޫޢުގެ ދަށުން މުޅިއެކު 6 މަސައްކަތެއް ކުރުމަށް ވަނީ ނިންމާފައެވެ. އެއީ
މި މަޝްރޫޢުއާއި ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، މަޝްރޫޢު މަސައްކަތް ފެށުމުގެ ކުރިންވެސް މި މަސައްކަތް ފެށުމަށް ބޭނުންވާ މާކެޓު ހޯދުމުގެ މަސައްކަތް އެކުންފުނިން މިހާރުވެސް ފަށާފައިވާ ކަމަށެވެ.
"މި މާކެޓު ކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ އެމްޕީއެލް މުވައްޒަފުން ވަނީ ފަށާފައި. އަޅުގަނޑު ޔަޤީން ކުރަނީ މިއިން ކޮންމެ މަސައްކަތެއް ނިމޭއިރު، މީގެ ޚިދުމަތް ވާނީ ފެށިފައި. ކަސްޓަމަރުން އަންނާނެއޭ ޔަޤީންކަމާއެކު އަޅުގަނޑުމެންގެ އާމްދަނީ އެދުވަހުން ފެށިގެން ލިބިގެންދާނެއޭ" ވަޖީހް ވިދާޅުވިއެވެ.
ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވަނީ ޓްރާންސްޝިޕްމެންޓް ބަނދަރަށް ދުނިޔޭގެ ބޮޑެތި ޝިޕިންގް ލައިނާ ލައިނާތައް ގެންނަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއިން އެންމެ ޝިޕިންގ ލައިނާއަކުންވެސް ރާއްޖޭގެ އިޤްތިޞާދު ބަދަލުވެގެންދާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކްރޫޒް ޓާމިނަލުގެ އޮޕަރޭޝަން ފަށަން ކްރޫޒް އޮޕަރޭޓަރުންނާއި ވާހަކަދައްކަން މިހާރު ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
އެމްޕީއެލްއިން ވަނީ ބަންކަރިން ޚިދުމަތް ފަށާއިރު، މިކަމަށްވެސް ދެ ފަރާތެއް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން އެއް ފަރާތަކީ މި ޚިދުމަތް އިހަވަންދިއްޕޮޅުގައި ދިނުމަށް ހަވާލުކުރެވުނު ވިޓޯލް ކުންފުންޏެވެ. ވިޓޯލްގެ އިތުރުން ދުބާއީ ކުންފުންޏެއްވެސް މިކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ލ. ގާދޫ ކައިރީގައި ކޮމާޝަލް ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭ ގޮތަށް ކޮމާޝަލް ހާބަރެއް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.