ށ.ބިލެއްފަހި އެއަރޕޯޓްގެ ޢަމަލީ މަސައްކަތާއި ށ.މިލަންދޫ އެއަރޕޯޓްގެ ސަރވޭއާއި ޑިޒައިން މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި ދެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ނަޒީމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީއެވެ.
ށ.ބިލެއްފަހު އެއަރޕޯޓް ތަރައްޤީކުރުމާއި އެއަރޕޯޓް ތަރައްގީކުރާ ސަރަހައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 309.4 މިލިއަން ރުފިޔާއަށެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. .
ށ. މިލަންދޫ އެއަރޕޯޓު ތަރައްޤީ ކުރުމަށްޓަކައި ސަރވޭ ކުރުމާއި ޑިޒައިން އަދި އީ.އައި.އޭ ހެދުމުގެ މަސައްކަތް @MTCCPlc އާ މިއަދު ހަވާލުކޮށްފިއެވެ. pic.twitter.com/PfZV8kEEc7
— Ministry of Construction and Infrastructure (@MoCImv) April 18, 2024
ށ.މިލަންދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޕްރޮޖެކްޓް ސަރވޭ ކުރުމާއި ޑިޒައިންކުރުމާއި ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލާ ރިޕޯޓް ތައްޔާރުކުރުމަށެވެ.
588600 (ފަސް ލައްކަ އައްޑިހަ އަށް ހާސް ހަސަތޭކަ ރުފިޔާ)އަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 4 މަސް ދުވަހުން ނިންމާގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިވީ 4 މަސް ދުވަހުގެ ތެރޭގައި މުޅިން އަލަށް 5 ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމާއި ގުޅޭ މަސައްކަތް ވަނީ ފަށާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ މުޅިން އަލަށް 15 އެއަރޕޯޓެއް ތަރައްގީކުރުންކަމަށްވެސް ވަނީ ހާމަކޮށްފައެވެ.