މިދިޔަމަހު ރާއްޖެއަށް 160،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މި ނިމުނު އޭޕްރީލްމަހު ރާއްޖެއަށްވަނީ 168647 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 164357 ފަތުރުވެރިންނެވެ. އެހެންކަމުން ފަތުރުވެރިން އައި އަދަދުވަނީ 2.6 އިންސައްތަ އިތުރުވެފައެވެ.
އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 794109 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 707306 ފަތުރުވެރިންނާއި އަޅާ ބަލާއިރު 12.3 އިންސައްތަ އިތުރު އަދަދެކެވެ.
ޖަނަވަރީމަހު : 192385 ފަތުރުވެރިން
ފެބްރުއަރީމަހު : 217392 ފަތުރުވެރިން
މާރޗުމަހު : 194227 ފަތުރުވެރިން
އޭޕްރީލްމަހު : 168647 ފަތުރުވެރިން
މޭމަހުގެ ފުރަތަމަ 4 ދުވަސް : 19021 ފަތުރުވެރިން
ޖުމްލަ : 794109 ފަތުރުވެރިން
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 11 އިންސައްތަ ހިއްސާކުރަނީ ޗައިނާ ފަތުރުވެރިންނެވެ.
ޗައިނާ - 87168 ފަތުރުވެރިން
ރަޝިއާ - 80160 ފަތުރުވެރިން
އިނގިރޭސިވިލާތް - 76823 ފަތުރުވެރިން
އިޓަލީ : 71536 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5365 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަަކުރެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލަައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ގާއިމްކުރުމަށެވެ.
އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ސަރުކާރުންވަނީ ނިންމާފައެވެ.