ކުޅިވަރު

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފުޓްބޯޅަ ތަޢާރަފްކޮށްފި


ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް އެފްއޭއެމްއިން ފުޓްބޯޅަ ތަޢާރަފްކުރައްވައިފިއެވެ. މިޕްރޮގްރާމް އެފްއޭއެމްއިން ފެއްޓެވީ އިއްޔެ އައްޑޫ ސިޓީގައެވެ. 

މިއީ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިން މުޖުތަމައުން ބާކީނުކޮށް، އެއްހަމައެއްގައި ފުޓްބޯޅައިގެ ފުރުޞަތުދީ މުޖުމައުގައި ބޭނުންތެރިބަޔަކަށް ހެދުމަށް ފެއްޓެވި ޕްރޮގްރާމެއްކަމަށް އެއިދާރާއިން މައުލޫމާތުދެއްވައެވެ. ފުޓްބޯޅަ މެދުވެރިކޮށް އިޖުތިމާއީގޮތުން ހޭލުންތެރި ކުރުވުމާއި، އެކުދިން ދުޅަހެޔޮ ޞިއްހަތެއްގައި ބައިތިއްބުމަކީވެސް މިޕްރޮގްރާމްގެ ބޭނުމެއްކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ. އެފްއޭއެމްއިން މައުލޫމާތުދެއްވި ގޮތުގައި މިއީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ.

އިއްޔެ އައްޑޫ ސިޓީގައި މޕްރޮގްރާމް ފެއްޓެވި ނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މިޕްރޮގްރާމް ފުޅާކުރައްވާނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ. އިއްޔެ ޕްރޮގްރާމްގެ ފެއްޓެވުމުގެ ގޮތުން އެފްއޭއެމްއިން ވަނީ ޝަރަފުއްދީން ސްކޫލްގެ އައްނޫރު ސެންޓަރަށް ބޯޅައާއި ޖަރޒީ ހަދިޔާކުރައްވާފައެވެ.