ޚަބަރު

ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ ކަނޑުތައް ގަދަ، ކުރިއަށްއޮތް 3 ދުވަހު މޫސުން ގޯސް


  • އެލާޓްތައް ނެރެފައިވަނީ މެންދުރު 0200 ހަމަޔަށް

  • މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފައި

ކުރިއައް އޮތް 3 ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މޫސުމީ ސަމާލު ނެރެވެނީ އެކިއެކި އަރައްކާތަކަށާއި އެގޮތުން މިވަގުތު އުތުރާއި މެދު ތެރޭގެ އަތޮޅުތައް ހިމެނޭ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ ގަދަވަޔާއި، ވިލާގަނޑުގައި ވައި ގަދަވުމާއި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީކަމަށެވެ. އަދި ހުދު ސަމާލު ނެރެފައިވަނީ ބޯވިއްސާރައާއި ގުގުރުމަށްކަމަށް އެއިދާރާއިން ވިދާޅުވިއެވެ.

އެގޮތުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު ގެ މެންދުރު 14:00ގެ ނިޔަލަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މިދުވަސްވަރު ރާއްޖެއަށް ވިއްސާރަ ކުރަމުންދާއިރު މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ.