ޚަބަރު

އިންޑިޔާގެ ބަހެއް ނޭޕާލުގެ ކޯރަކަށް ވެއްޓި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއްޖެ


އިންޑިޔާގެ ފަސިންޖަރުން އުފުލާ ބަހެއް ނޭޕާލުގައި ދަތުރުކުރަނިކޮށް ކޯރަކަށް ވެއްޓި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

އިންޑިޔާގެ އުއްތަރު ޕްރަދޭޝުން ނޭޕާލުގެ ކަތަމަންޑޫއަށް ދަތުރުކުރަމުންދިޔަ ބަސް ވެއްޓިފައި ވަނީ ނޭޕާލުގެ މެދުތެރޭގައި އޮންނަ ތަނަހޫން ޑިސްޓްރިކްޓުގެ މަރްސިޔަންގްދީ ކޯރަށެވެ. އޭރު އެ ބަހުގައި އިންޑިޔާގެ 40 ފަތުރުވެރިން ދަތުރުކުރަމުން ދިޔައެވެ. އޭގެ ތެރެއިން 14 މީހުން މަރުވިކަން ވަނީ ކަށަވަރު ކުރެވިފައެވެ. އަދި 16 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

ނޭޕާލުގައި މަގުމަތީގެ ހާދިސާތައް ހިނގާ ޢަދަދު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އިންޑިޔާގެ ފަސިންޖަރުން އުފުލާ ބަސް ކޯރަކަށް ވެއްޓުމުގެ ކުރިން ހިނގި މަގުމަތީގެ އެހެން ހާދިސާއެއްގައި ހަތް މީހުން މަރުވިއެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ފަސިންޖަރުން އުފުލާ ދެ ބަސް ކޯރަކަށް ވެއްޓި 65 މީހުން މަރުވިއެވެ.