ޚަބަރު

ޔޫއެސް އޯޕަންގެ ތިންވަނަ ބުރުގެ ޖާގައެއް ސަބަލެންކާ ހޯދައިފި


އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށް ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް އެރީނާ ސަބަލެންކާ ހޯދައިފި އެވެ.

މި މުބާރާތުގައި ދެވަނައަށް ސީޑްކޮށްފައިވާ ސަބަލެންކާ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ އިޓަލީގެ ލޫސިއާ ބްރޮންޒެއްޓީ އާއި ދެކޮޅަށް ކުޅުނު މެޗު 6-3 އަދި 6-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ނިމިގެންދިޔަ ސިންސިނާޓީ އޯޕަން ކާމިޔާބު ކުރުމަށްފަހު ރަގަޅު ފޯމެއްގައި ހުރި ސަބަލެންކާ އަކީ މި މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެއް ކުޅުންތެރިއެވެ.

މި އަހަރުގެ ވިމްބަލްޑަން ޗެމްޕިއަން ބާބަރާ ކްރެސިކޯވާ ވަނީ މުބާރާތަށް އަލަށް ކޮލިފައިވި ރުމޭނިއާގެ އެލޭނާ ގެބްރިއެއްލާ އަތުން ބަލިވެ މުބާރާތުން ކަޓާފަ އެވެ.

ދެ ފަހަރު މަތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ޗެކް ރިޕަބްލިކްގެ ބާބަރާ އަތުން އެލޭނާ މޮޅުވެފައިވަނީ 6-4 އަދި 7-5 ގެ ނަތީޖާ އަކުންނެވެ.