ޚަބަރު

ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮތްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ


  • މަރުވެފައި އޮއްވާ ފެނުނީ އެރަށު ޑެއިޒީފެހި، ޙަސަން މުޙައްމަދު

ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮތްވާ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިިފިއެވެ.

ކުޅުދުއްފުށި ފަޅުތެރޭގައި މަރުވެފައި އޮތްވާ ފެނުނީ ޑެއިޒީފެހި، އުމުރުން 36 އަހަރުގެ ޙަސަން މުޙައްމަދެވެ. ފުލުހުންނަށް އޭނާގެ ހަށިގަނޑު ފެނިގެން ރިޕޯޓްކުރީ މިއަދު ހެނދުނު 08:17 ގައެވެ. އަދި އޭނާ ވަގުތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައެވެ. ފުލުހުން ވިދާޅުވީ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވިކަަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ޙަސަން މުޙައްމަދުގެ މަރާއި ގުޅިގެން ތަހުގީގު ކުރިއަށްދާއިރު ބަލަންޖެހޭ ކަންކަން ބެލުމަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިރޭ މާލެ ގެންނަން ހަމަޖެހިފައިވާކަމަށެވެ.