ޚަބަރު

ހުޅުމާލެ 2 ފިޔަވަހި ގުޅުވައިދޭ ބްރިޖެއްގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ


  • އަނިޔާވެފައިވަނީ 24 އަހަރުގެ ފިރިހެނަކަށް

  • މި އެކްސިޑެންޓު ހިނގީ މިއަދު ހެނދުނު

ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ބްރިޖެއް ކައިރީ މިއަދު ހިނގި އެކްސިޑެންޓު--

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިދޭ ބްރިޖް މަތީގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އެކްސިޑެންޓެއްގައި އަނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށެވެ. އަދި އެމީހާއަށް ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ލޮރީއަކާއި ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން އަންނަނީ މި އެކްސިޑެންޓް ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.